ވައިގަދަވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ރާއްޖޭގެ ބޮޑު ސަރަހަށްދަކަށް ވައިޓް އެލަރޓް ނެރެފިއެވެ.
މެޓުން އެލަރޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. އެއީ މިއަދު ހަވީރު 16:00 އިން ފެށިގެން މިރޭ 21:00 އަށެވެ.
އެލަރޓުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ކުރިން އޮތީ މިއަދު ހެނދުން 10:00 އިން ހަވީރު 16:00 އަށް ހއ އިން މ އަތޮޅާ ދެމެދަށްވެސް ވައިޓް އެލަރޓް ނެރެފައެވެ.
+1
+1
ޚިޔާލުތައް