A wide advertisement which will be shown on all devices. (700 x 100)

ތަޢުލީމީ ވަޒީރު އަރަބިއްޔާ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ސީ.އެޗް.އެސް.އީ-މާލޭގެ ހޯލުގައި ކުރިއަށް ދިޔަ މި ޖަލްސާގައި މިނިސްޓަރ ވަނީ މިނިސްޓްރީއިން ކުރަމުންދާ މުހިންމު މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި ޢަރަބިއްޔާ ސްކޫލުގެ ހިންގުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ބެލެނިވެރީންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް ބިނާ ކުރުމުގެ މަޝްރޫޢު އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުވެސް ބެލެނިވެރީންނާ ހިއްސާކުރައްވާފައެވެ. ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް ބިނާކުރެވިގެން ދަނީ 40 ކްލާސްރޫމާއި، ބޭސްމެންޓްގައި އަންޑަރ ގްރައުންޑް ޕާރކިންގް ޒޯނަކާއި، ޓަރފް ދަނޑެއް ހިމެނޭގޮތަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !