ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
އޭނާ އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށް އެދި ހުށަހަޅުއްވާފައިވަނީ މިއަދެވެ. މަހްލޫފް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފައްޔާޒް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، އޭނާ އެ ޕާޓީގެ މެންބަރުކަމުން ވަކިވާން އެދޭތީ، އެ ޕާޓީން ވަކިކޮށްދިނުމަށް އެދޭ ކަމަށެވެ.
އެ ސިޓީގައި ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އެ ޕާޓީއަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ރައީސް ސޯލިހް ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން، އެމަނިކުފާނުގެ ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރުއަދާ ކުރާ ކަމަށްވެސް އެ ސިޓީގައި ވެއެވެ.
+1
+1
ޚިޔާލުތައް