A wide advertisement which will be shown on all devices. (700 x 100)

ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށު ބިންހިއްކުން ހުއްޓާލައިފި: ރައީސް

ރައްޔިތުން ބޭނުން ނުވާ ކަމެއް ރަށެއްގައި ނުކުރާނެ ކަމަށާއި، ދޮންފަނު ރައްޔިތުން ބޭނުންވެގެން ބިންހިއްކުން ހުއްޓާލާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އެކްސް މެދުވެރި ކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ތރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ތައް ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށާއި، ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށެވެ. މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ.

މިގޮތުން ބ.ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދު ވެފައިވާ ކަމަށާއި، އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ވެސް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ކަމަށެވެ. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !