60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލ. ދަނބިދޫގެ ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެރަށަށްވެސް ތަރައްޤީ ގެނައުމަށް މުހިއްމު މަޝްރޫޢުތަކެއް ސަރުކާރުން ކުރިއަށް ގެންދަވާނެކަމަށެވެ.
އެގޮތުން އެރަށުގެ ސިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ރަށުގައި އިތުރު ވޯޑަކާއެކު ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ 60 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ކުރައްވާނެކަމަށާއި މީގެތެރެއިން އެރަށަށް ބޭނުންވާ އެމްބިއުލާންސްވެސް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ޚިޔާލުތައް