A wide advertisement which will be shown on all devices. (700 x 100)

ޔޫތް މިނިސްޓްރީ ހިންގާނެ އޮފީސް އިމާރާތެއް ހޯދަން އިއުލާންކޮށްފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ހިންގާނެ އޮފީސް އިމާރާތެއް 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއިބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ އެދިލެއްވުމުގެ މަތިން އެ މިނިސްޓްރީ ހިންގާނެ އޮފީސް އިމާރާތެއް 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، އަދި އެކަމަށް އެދުމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެެވެ.

މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުން ކުރިއަށްގެންދަން ނިންމާފައި ވަނީ، ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ. އަދި އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ވަނީ ބަޔާންކޮށްފަ އެވެ.

މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހެއެވެ.

އަދި ފައިސާ ބަލައިގަންނާނީ 21 އޮކްޓޯބަރު 2025 އިން 6 ނޮވެންބަރު 2025 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00އަށް (ރަމަޟާންމަހު: 09:30 އިން 13:00) މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/114،000.00ރ (އެއް ލައްކަ ސާދަ ހާސް ރުފިޔާ) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ 29 އޮކްޓޯބަރު 2025ވާ ބުދަ ދުވަހުގެ 10:00:00ގައި އޮންލައިންކޮށެވެ.

މި ޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 10 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 10:00:00ގެކުރިންނެވެ. އަދި މިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ 10 ނޮވެންބަރު 2025 ވާހޯމަ ދުވަހުގެ 13:00:00ގައެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގައި ޢަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑެއް ބީލަން ޕޯޓަލް އިން ލިބެން ހުންނާނެކަމަށާއި އެ ގައިޑްގައިވާ މަޢުލޫމާތާއި އެއްގޮތަށް ބިޑު ހުށަހެޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމަކީ ބިޑު ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށް ފިނޭންސްގެ އިއުލާނުގައި ވަނީ ބުނެފައެވެ. އަދި ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައި ނުގަނެވޭނެކަމަށްވެސް ބުނެފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !