ކޮންމެ އަހަރެއްގެ 22 އޮކްޓޯބަރ ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ ތަފާސް ހިސާބުތަކުގެ ދުވަސް ފާހަަގަކުރުމަށް މޯލްޑިވްސް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްގެ ފަރާތުން ބޭއްވި ރަސްމިއްޔާތަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދު ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ “ލޭބަރ ފޯސް ސަރވޭ 2025″ގެ ނަމުގައި ކުރެވުނު ދިރާސާއާއި ގުޅޭ ތަފާސް ހިސާބުތަކުގެ ރިޕޯޓް އިފްތިތާހްކޮށްދެއްވައިފައެވެ. މި ރިޕޯޓްގައި، ދިވެހިރާއްހޭގައި މަސައްކަތްކުރާ އުމުރުފުރާގެ މީހުންގެ އަދަދާއި، މަސައްކަތްތެރިންގެ ތެރޭގައި ހިމެނޭ ބިދޭސީންގެ އިންސަންތައާއި، ފަޒީފާ އަދާކުރާ އަދި ވަޒީފާ އަދާނުކުރާ އާބާދީއާއި ގުޅޭ ހިސާބުތައް ވަނީ ހިމެނިފައެވެ.
މޯލްޑިވްސް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްގެ ފަރާތުން “ލޭބަރ ފޯސް ސަރވޭ 2025″ގެ ނަމުގައި އިފްތިތާހްކުރެވުނު މި ރިޕޯޓްގައިވާ މަޢޫލުމާތު އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ލިބިލައްވާނެއެވެ.
ޚިޔާލުތައް