A wide advertisement which will be shown on all devices. (700 x 100)

ސަރުވަޝް ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވައިފި

މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ބޮންޑު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެން އެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރައްވާ މެންބަރު ސަރުވަޝް އާދަމް މިއަދު އިސްތިއުފާދެއްވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްއެމްއޭއާ އެކު ބޮންޑު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެން، ބޯޑު މެންބަރުކަމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.
މާލީ ދާއިރާގެ ތަޖުރިބާކާރު ސަރުވަޝް ވިދާޅުވީ، އެ މުއާމަލާތަކީ ގާނޫނީ އަދި އިގުތިސާދީ ވެސް ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެއް ކަމަށެވެ. އެކަމަކު، އެ ކަންބޮޑުވުންތަކާ ގުޅޭ ތަފުސީލަކަށް އޭނާ ވަޑައިގެންފައެއް ނުވެއެވެ.
އޭނާ ވިދާޅުވީ، މަގާމުން އިސްތިއުފާ ދިނީ އެ ނިންމުމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ކަމަށެވެ.

މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !