A wide advertisement which will be shown on all devices. (700 x 100)

އިސްދޫ އަދި ކަލައިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކޮށްދޭނަން: ރައީސުލްޖުމްހޫރިއްޔާ

އިސްދޫ އަދި ކަލައިދޫގެ 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދެ ރަށުގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ. މި ހޮސްޕިޓަލު ތަރައްޤީކުރާނީ ދެރަށުގެ ރައްޔިތުންނަށް ފަސޭހަވާނެ ސަރަޙައްދެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.

“ދެރަށުގެ ރައްޔިތުންނަށްވެސް ފަސޭހައިން ޚިދުމަތް ލިބޭނެ ތަނެއްގައި ހޮސްޕިޓަލް އަޅާނީ. އަދި މިހާރު ހުރި މަރުކަޒުގެ ޚިދުމަތްތައް ރަނގަޅުކުރުމަށްވެސް އާޅުގަނޑުމެން ހޮސްޕިޓަލްގެ ކުރިން މަސައްކަތް ކުރާނަން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެރަށުގެ ތަރައްޤީއަށް މުހިއްމު މަޝްރޫޢުތަކުގެ މައްޗަށް ވެސް އަލިއަޅުއްވާ ލައްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !