A wide advertisement which will be shown on all devices. (700 x 100)

ލ. ގަން ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ލ. ގަން ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގާ ސޮއިކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެތެރެއިންނެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިިކުރެއްވީ ސިއްޙީ ވަޒީރު ނާޒިމް އިބްރާހީމެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢުދީއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ބަދަލުކުރުމުގެ މަޝްރޫޢަކީ، ގާތްގަނޑަކަށް 300މިލިޔަން ރުފިޔާގެ މަޝްރޫއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !