އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރެއިން ނިޔާވެފައިވާ ދެ މީހުން ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި ދެ މީހަކު ނިޔާވެފައި އޮތް މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ފުލހުން ހަރަކާތްތެރިވަމުން ދާކަމަށެވެ. އަދި ނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކު ކަމަށެވެ.
އަދަދު ނޫހުން ރިޕޯޓްކޮށްފައިވަނީ ރިޕޯޓްކޮށްފައިވަަނީ އެއީ ދެމަފިރިންކަމަށެވެ. އަދި އެ ދެމީހުންގެ ހަށިގަނޑު ފެނުނީ އެދެމީހުން ދިރިއުޅެމުންދިޔަ، އަލަށް ހަދަމުންދިޔަ ގެއަކުންކަމަށާއި އެއީ ހިތަދޫ ޓޫރިޒަމް ސަރަހައްދާ ކައިރީގައި ހުންނަ ގެއެއްކަމަށްވެސް އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.
އާއިލާއާ ހަވާލާދީ އަދަދުން ރިޕޯޓްކޮށްފައިވަނީ ނިޔާވި ދެމީހުންނަކީ އިބްރާހިމް އަބްދުالله ކިޔާ ފިރިހެނަކާއި ފަރާހަތު ކިޔާ އަންހެނެއް ކަމަށެވެ.
+1
+1
ޚިޔާލުތައް