މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލިކަލް ސަރވިސް، މެޓް އޮފީހުން، ތ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމަޔަށް ޔެލޯ އެލަރޓް ނެރެފިއެވެ.
އެލަރޓް ނެރެފައިވަނީ ފަތިހު 05:30 އިން ހެނދުނު 09:30 އާ ހަމައަށެވެ. ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެކަމަށް މެޓުގެ އެލަރޓްގައި ވަނީ ބުނެފައެވެ.
ރޭ ދަންވަރު 01:30 އިން ފެށީގެން ފަތިހު 05:30 އާ ހަމަޔަށް ތ. އަތޮޅުން މ. އަތޮޅާ ހަމައަށްވެސް އޮތީ ޔެލޯ އެލަރޓް ނެރެފައެވެ.
+1
+1
ޚިޔާލުތައް