މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް, އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުޖުތަބާ ލަތީފު އެކުންފުނީގެ ބޯޑަށް އައްޔަންކޮށްފިއެވެ.
އެމްއޭސީއެލްގެ ބޯޑަށް މުޖުތަބާ އައްޔަނުކުރި ކަން އިއުލާނު ކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިންނެވެ.
ޕީސީބީން ސޯޝަލް މީޑީއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ވެލާނާ އެއާޕޯޓު ހިންގާ ކުންފުނީގެ ބޯޑުގެ މެމްބަރަކަށް ގއ. ދާންދޫ، މުޝްތަރީގޭ، މުޖުތަބާ އައްޔަނުކޮށްފައިވާ ކަމަށެވެ.
އެމްއޭސީއެލްގެ ބޯޑަށް މުޖުތަބާ އައްޔަން ކޮށްފައިވާއިރު، ބޯޑުގެ ހިންގުން ހަރުދަނާ ކުރުމަށް ބޯޑު މެމްބަރުންގެ އަދަދު 7 އިން 9 އަކަށް މިފަހުން އިތުރުކޮށްފައިވީ ނަމަވެސް މިވަގުތު ބޯޑުގައި ތިބީ 7 މެމްބަރުންނެވެ.
އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބަވާނީ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު، ސަހާ ވަހީދް، އިބްރާހިމް ސިޔާދު ގާސިމް، މުހައްމަދު މިހާދް، އިބްރާހިމް މަހުދީގެ އިތުރުން މުޖުތަބާ އެވެ.
ޚިޔާލުތައް