ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ އަކީ މުޖުތަމަޢުގައި އޮތް ނުރަނގަޅު އާދައަކުން ޖީލެއް ސަލާމަތްކުރުމުގެ ވަރަށް މުހިންމު ފެށުމެއްކަމަށާއި މިއީ ސަރުކާރުގެ ވަރަށް ހިތްވަރުގަދަ ނިންމުމެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ ތަންފީޒުކުރަން މިއަދު ފަށާފައިވާއިރު، މި ނިންމުމުގެ ދަށުން، 2007ވަނަ އަހަރުގެ ނޮވެމްބަރު 1އިން ފެށިގެން އުފަންވެފަވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާނެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ސިއްޙީ ދުލަހެޔޮކަމަށް ވަކާލާތުކުރައްވާ ފަރާތެއްގެ އިސިއްޔަތުން، ސަރުކާރުގެ މި ނިންމެވުމަށް މަރުޚަބާކިޔުއްވާކަމަށާއި، މިއީ ބޮޑެތި ބަލިތަކަށް ހުށައެޅުމުގެ ހިރާސްތައް ކުޑަކޮށް، ސިއްޙަތު ރަނގަޅު ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ވަރަށް މުހިންމު ފެށުމެއްކަމަށެވެ. އަދި ދިރާސާތަކާއި ތަފާސްހިސާބުތަކުގެ އަލީގައި މިކަން ކުރެވިގެންދިއުމަކީ، މީގެ ނަތީޖާ ވަރަށް ރަނގަޅަށް ފެނިގެންދާނެކަމެއްކަމަށާއި މިއީ މުޅި ރާއްޖެވެސް އެކަމަށް ފަޚުރުވެރިވާފަ ދުވަހެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.



ޚިޔާލުތައް