އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ހެދިފައިވާ މުހިންމު ޕްރޮޓޮކޯލްތަކުގެ މަޤްޞަދުތައް ހާސިލްކުރުމަށްޓަކައި، ދުނިޔޭގެ އެންމެން ގުޅިގެން މަސައްކަތްކުރުމަށް ސްޓޭޓް މިނިސްޓަރ ފޮރ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މުޙައްމަދު ފާއިޒް ގޮވާލައްވައިފިއެވެ.
މި ގޮވާލެއްވުން މިވަނީ #COP13MOP36 ގެ ހައި-ލެވެލް ސެގްމަންޓްގައި، ވާހަކަފުޅު ދައްކަވަމުންނެވެ. މި މުހިންމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވިދާޅުވީ، އޯޒޯން ފަށަލައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކޮންމެ ޤައުމަކުންވެސް ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށެވެ. އަދި ޕްރޮޓޮކޯލްތަކުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލްވުމަށްޓަކައި، ދެމިހުންނަ އަޒުމާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް އެދިވަޑައިގަތެވެ.
މި ބައްދަލުވުމަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމާ ގުޅޭ ދުނިޔޭގެ ފެންވަރުގެ މަޝްވަރާތައްކޮށް، ކުރިއަށް އޮތްތަނުގައި މި މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވާހަކަ ދައްކާ ބައްދަލުވުމެކެވެ. ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމުކަމަށްވާއިރު، އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ދެވޭ ސަމާލުކަމަކީ ރާއްޖެއަށްވެސް ވަރަށް މުހިންމު ކަމެކެވެ.
އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް ސަމާލުކަން ދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ ހަރަކާތެއް ކަމަށްވާ #OzoneAction ގެ މަޤްޞަދަކީ ދުނިޔޭގެ ފެންވަރުގައި މިކަމަށް އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމެވެ.



ޚިޔާލުތައް