ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން މި އޮޕަރޭޝަން ފަށާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ އިސް ވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށެވެ.
ރައީސުލްޖުމްހޫއްރިޔާ މިއަދު އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑްރަގް ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައިވާނެކަމަށެވެ.
ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެ މަސައްކަތުގެ ދަށުން، ޑްރަގްގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ޚާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް އެމަނިކުފާނު އެންގެވީކަމަށް ރައީސް ވިދާޅުވިއެވެ.
މި އޮޕަރޭޝަނަކީ އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށް ރައީސްގެ ވިދާޅުވެފައިވެއެވެ.
އެ އޮޕަރޭޝަނަށް ފުލުހުން ދީފައިވާ ނަމަކީ އޮޕަރޭޝަން “އަލިމަގު” އެވެ.



ޚިޔާލުތައް