މޯލްޑިވިއަންގެ ކުދި މަތިންދާ ބޯޓުތައް ބޭނުންކޮށްގެން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުތަކުން ގުޅާލަން ނިންމައިފިއެވެ. ދެކުނުގެ ހަތަރު އަތޮޅު ގުޅާލަން ނިންމައި އަންނަ މަހު (ފެބުރުއަރީ 2026) 1 އިން ފެށިގެން ދަތުރުތައް ފަށާނެކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ. މޯލްޑިވިއަންގެ މިހިދުމަތް ފެށުމަށް އެ އެއާލައިނުގެ ޓްވިން އޮޓާ ބޯޓުތަކުގެ ތެރެއިން ބޯޓެއް (ޑީއެޗްސީ- ސިކްސް) މިހާރު ވަނީ ކަނޑަށް ޖައްސާ ކޮންފިގަރޭޝަނުން އެއްގަމުގެ ރަންވޭތަކަށް ޖެއްސޭ ގޮތަށް، ފުރޮޅުލީ ބޯޓަކަށް ބަދަލުކޮށްފަ އެވެ. މިހެން ހެދުމުން، އައްޑޫ ގަން، ފުވައްމުލައް، ކާޑެއްދޫ އަދި ކޫއްޑޫ އެއާޕޯޓަށް އެ ބޯޓަށް ޖެއްސޭނެ އެވެ.
އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފައިވާ އަގުތަކަށް އުޅެނީ 500 ރުފިޔާ އާއި 900 ރުފިޔާ އާއި ދެމެދުގައެވެ.
- ގަން – ފުވައްމުލައް | ކޮޅަކަށް 500ރ.
- ފުވައްމުލައް – ކޫއްޑޫ | ކޮޅަކަށް 650ރ.
- ފުވައްމުލައް – ކާޑެއްދޫ | ކޮޅަކަށް 650ރ.
- ގަން – ކާޑެއްދޫ | ކޮޅަކަށް 900ރ.
- ގަން – ކޫއްޑޫ | ކޮޅަކަށް 900ރ.

ޑީ ހެވިލަންޑް ކެނެޑާ DHC-6-300 ޓްވިން އޮޓާއަކީ ކުރު ރަންވޭތަކުން އުދުއްސާލުމާއި ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ، 15 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި އެއީ ވަރަށް އަވަހަށް ދަތުރުތަކަށް ތައްޔާރުކޮށްލެވޭ އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ކުރު ދަތުރުތަކަށް އެކަށީގެންވާ ބޯޓެއްގެ ގޮތުގައި ބެލެވެ އެވެ.ޓްވިން އޮޓާ ބޯޓު އާންމުކޮށް ރާއްޖޭގައި މިހާރު ބޭނުންކުރަނީ ސީޕްލޭންގެ ގޮތުގަ އެވެ.



ޚިޔާލުތައް