ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވިފައިވާ ދިވެހިރާއްޖޭގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު އެމަޤާމުން ވަކިކުރަން ޤާނޫނު އަސާސީ އަށް އިސްލާހެއް ޑރ. ޖަމީލުގެ ޕާޓީ، ޕޕީޕީއެމުން ހުށަހަޅައިފިއެވެ.
ޕީޕީއެމްގެ ތިމަރަފުށިދާއިރާ މަޖުލިސް މެމްބަރު މުސްތަފާ ވިދާޅުވީ އެއްވެސް ކަމެއް އޮޅުވާލަން އެބޭފުޅާ ބޭނުން ނުވާކަމަށާއި ޕީޕީއެމުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާޙަކީ ނާއިބު ރައީސް ކަމުން ޑރ. ޖަމީލު ވަކިކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. ޕީޕީއެމަށް ނިސްބަތްވާ ބައެއް އެހެން މެމްބަރުން ވިދާޅުވެފައި ވަނީ ޖަމީލުއާއި މެދު ރައީސް ޔާމީނަށް އިތުބާރު ނެތްކަމަށާއި، އިތުބާރު ނެތް ބޭފުޅަކު ނާއިބު ރައީސް ކަމުގައި ބަހައްޓަން ބޭނުން ނުވާކަމަށެވެ.
ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއް ރަޙީމު ވިދާޅުވެފައި ވަނީ ނާއިބު ރައީސް ވަކިކުރަން ޖެހިއްޖެއިޔާ އެކަން ވެސް ކުރާނެ ކަމަށެވެ. ނަމަވެސް ރަސްމީ ސިފައެއްގައި ޖަމީލު ނާއިބު ރައީސް ކަމުން ވަކި ކުރާނެ ކަމަށް ޕީޕީއެމުން އަދި ބުނެފައެއް ނުވެއެވެ. ޕީޕީއެމްގެ ޕާލަމެނޓް މެންބަރުން ހާމަކުރާނީ އެޕާޓީގެ ވިސްނުން ކަމުގައި ގިނަ ސިޔާސީ ފަރާތްތަކުން ގަބޫލުކުރެއެވެ. އަދި މަޒީގައި ކަނތައްވެފައި ހުރީ ވެސް އެފަދަ ގޮތްތަކަކަށެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު މީޑީއާއަށް ހާމަކުރެއްވި ގޮތުގައި ނާއިބު ރައީސް ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި އެޕާޓީގެ ނާއިބު ލީޑަރު، އަދީބުގެ ޝައުގުވެރިކަން އެބަހުއްޓެވެ. އަދި ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހުގައި އަދީބަށް ނާއިބުރަ އީސް ކަމަށް އާދެވޭގޮތަށް މަގުފަހިކޮށްދީފައި ވެއެވެ. އެގޮތުން ނާއިބުރައީސްކަމަށް ކުރިމަތިލިެވޭ އުމުރު ވަނީ 30 އަހަރަށް (ކުރިން 35 އަހަރުން) ހަނގު ކޮށްފައެވެ. އަދި ހަމަ އެއިސްލާޙުގައި، ފާއިތުވި ދެރިޔާސީ އިްނތިޚާބަށް ކުރިމަތިލެއްވި ޤާސިމު އިބުރާހީމަށް ކުރިޔަށް އޮތްތަނުގައި ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލެވޭ ގޮތަށް ބަދަލުކުރުމުގެ ގޮތުން، އުމުރުގެ 65 އަހަރުން މަތީމީހުންނަށް ކުރިމަތި ނުލެވޭ ގޮތަށް (ކުރިން ދޮށި ވަކި އުމުރެއް ނޯވޭ) ބަދަލުކުރަން އިސްލާޙު ހުށަހަޅާފައިވެއެވެ.
ގާނޫނު އަސާސީ އިސްލާޙުކުރަން މަޖުލީހަށް ހުށަހަޅައިގެން އުޅޭ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ، މަޖުލީހުގެ ތަނަވަސް އަޣުލަބިއްޔަތު ބޭނުންކޮށްގެން ރައީސް ޔާމީނު ހިތުހުރު ބަދަލުތަކެއް ގާނޫނު ތަކާއި ޤާނޫނު އަސާސީއަށް ގެނައުމަށް މިކުރާ މަސައްކަތްތަކަކީ ޑިމޮކްރަސީގެ އަސާސްތަކާއި އިދިކޮޅު، ޚުދު މުޚުތާރު ވެރިކަމަކަށް ދައުލަތް އަނބުރާލުމަށް ކުރާ ހީލަތްތެރި، ގެއްލުންހުރި ކަންކަން ކަމަށެވެ.
ކުރީގެ ޔޫތު އެންޑް ސްޕޯރޓްސް މިނިސްޓަރު މަލީހު ޖަމާލު ދާދި ފަހުން ކުއްލި ގޮތަކަށް މިނިސްޓަރުކަމުން ވަކިކުރުން ވެސް އެއީ ނާއިބު ރައިސް މަގާމުން ވަކިކުރުމާއި ގުޅުން ހުރި ކމެއްކަމުގައި ސިޔާސީ ފަރާތްތަކުްނ ސިފަ ކުރެއެވެ. އަދި ނާއިބު ރައީސް ޑރ. ޖަމީލު، މަލީޙު އަމީނު (ރައީސް އޮފީހުގެ މިނިސްޓަރު) އަކީ އެއްކޮށް ޔާމީނުގެ ކެމްޕޭނުގައި މަސައްކަތް ކުރި އަދި ކުރިން ޑރ. ހަސަން ސައީދާއެކު ގައުމީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންނެވެ. އަމީނުގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ދަޢުވާ އުފުލާފައެވެ.
ނާއިބު ރައީސް ކަމުން ޖަމީލު ވަކިކުރަނީ…

ޑރ.ޖަމީލު އަނެއްކާވެސް ކުރިމަތި ލައްވަނީ އަނދަވަޅަކަށް ބާ؟
11/06/2015 - 12:41
+1
+1

ގުޅުންހުރި ލިޔުންތައް

ޚިޔާލުތައް