A wide advertisement which will be shown on all devices. (700 x 100)

މަލްޓްގްރޭޑް ޓީޗަރުންނަށް ޚާއްސަ އެލަވަންސެއް ދެނީ

ހޭޒްގެ ކުދިން ކޮޅެއް

މަލްޓިގްރޭޑް ޓީޗަރުންނަށް ޚާއްސަ އެލަވަންސެއްގެ ގޮތުގައި ގާތްގަޑަކަށް މަހަކު 2000 ރުފިޔާ ދޭން އެޑުކޭޝަން މިނިސްޓްރީ ނިންމައިފިއެވެ. މިއަދު ހަވީރު ބޭއްވުނު މަލްޓްގްރޭޑް ޓީޗަރުންގެ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑުކޭޝަންގެ ޑެޕޮއުޓީ މިނސްޓަރ އާދަމް ޝަރީފު ވިދާޅުވީ މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާ މަގުން މަލްޓް ގްރޭޑް ޓީޗަރުންނަށް އެލަވަންސް ދޭން ނިންމާފައިވާ ކަމަށެވެ.

މިއަދުގެ ބައްދަލު ވުމުގައި އާދަމް ޝަރީފު ވިދާޅުވިގޮތުން 100 ކުދިންނަށް ވުރެ އާބާދީ ދަށް ސްކޫލުތަކުގައި ދެން ކިޔވައިދޭނީ މަލްޓިގްރޭޑް އުސޫލުންނެވެ. އަދި މިސްކޫލުތަކުގެ ޓީޗަރުްނގެ ވަޒިފާ ދާއިމީކުރުމުގެ ކަންތައްތައް ވެސް ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. ޑިޕްލޮމާ ސެތްފިކެޓް ނެތް ފަރާތްތަކަށް ޑިޕްލޮމާ ކޯހެއް ވަރަށް އަވަހަށް ފަށއިގެން ކުރިޔަށް ގެންގޮސް ޑެނެ ކަމަށް ވެސް އެން އައި އީ ހިންމުގާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު ރާއްޖޭގެ ޕްރައިމަރީ، ސެކަންޑްރީ އަދި ހަޔަރ ސެކަންޑްރީ 221 ސްކޫލުގެ ތެރެއިން 92 ސްކޫލަކީ 100 އަށްވުރެ ކިޔަވާކުދިންގެ އާބާދީ ދަށް ސްކޫލުތަކެވެ. ނަމަވެސް މީގައ ފުވައްމުލަކުގެ އެއްވެސް ސްކޫލެއް ނުހިމެނެއެވެ.
މަލްޓް ގްރޭޑް ޓީޗަރުންނަކީ އެއްކްލާސް ރޫމެއްގައި ތަފާތު ގިނަ ގްރޭޑްގެ ކުދިން ހިމަނައިގެން ކިޔަވައިދޭ އުސޫލެކެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މަލްޓި ގްރޭޑް ޓީޗިން ވޯކްޝޮޕެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !