މިއަދަކީ 1436 ވަނަ އަހަރު ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. މިއީ އަޅުގަނޑުމެން މުސްލިމުން ޖެހިޖެހިގެން 29 ނުވަތަ 30 ރޯދަ ހިފާ ބަރަކާތްތެރި މަހެވެ. މިއަހަރުގެ ރަމަޟާން މަހަކީ ބެލެވޭ ގޮތުން 29 ދުވަހުގެ ރޯދަމަހެކެވެ. އެހެނީ ހަނދުމަހުގެ ގޮތުން ކޮންމެ ދެމަހުން އެއްމަހަކީ 30 ދުވަހުގެ ގޮތުގައި އަދި ޖެހިގެން އަންނަމަސް 29 ދުވަހުގެ ގޮތުގައި ބަލަމުން އަންނަ ހިޖުރީ ކަލަންޑަރުގެ އުސޫލެކެވެ. އެގޮތުން މިއަހަރުގެ ޝަޢުބާން މަސް ނިމިގެން ދިޔައީ 30 ދުވަހުގެ މަހެއްގެ ގޮތުގައެވެ.
ރޯދަމަހުގައި ދިވެހިންނާއި އެންމެހާ މުސްލިމުންގެ ދިރިއުޅުމުގެ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެގޮތުން ދުވާލު ކެއިންބުއިމުން ދުރުހެލިވުމާއި، އަޅުކަންތައް އިތުރު ކުރުން އަދި ރޭގަނޑު ރޭއަޅުކަން އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ވެސް ކެއިންބުއިމުގެ ކަންތައްތަކަށް އަންނަ ބަދަލުތައް ފާހަނގަ ކުރެވެއެވެ. އެގޮތުން ކުރިން އާއްމުގޮތެއްގައި ދުވާލުގެ 2 ވަގުތު (ހެނދުނާއި މެންދުރު) ކާ ކެއުން ރޭގަޑުގެ ދެވަގުތަކަށް (ރޯދަ ވީއްލުމަށްފަހު ކެއުން އަދި ހާރުކެއުން/ ދަމި ކެއުން) އަށް ބަދަލުވެ ގެން ދެއެވެ. މީގެ އިތުރުން އެހެން މަސްތަކުގައި އާއްމުކޮށް ބޮއިހަދާ ހަވީރު ސައި ބަދަލުވެގެން ދަނީ ތަރާވީސް ދަން ނުވަތަ ‘މެދެ ދަން’ ގައި ކައިބޮއި ހަދާ ލުއި ބުއިމަކަށެވެ.
އެހެންމ މަސްތަކާ ޚިލާފަށް ކޮންމެ އަހަރަކު ވެސް ރޯދަމަހާއެކު ގިނަ ބަޔަކު ކެއިންބުއިމަށް ތަފާތު ގިނަ ބާވަތްތަކެއް ބޭނުންކުރާތީ، ކާބޯތަކެތީގެ ޑިމާންޑް ބޮޑުވެ އަގުތައް އުފުލިގެން ދެއެވެ. އެގޮތުން މިއަހަރު ރޯދަމަހު ފުރަތަމަ ދުވަހު މާލޭގެ ބާޒާރުގައި ދޮންކެޔޮވަކެއް 5 ރުފިޔާ 7 ރުފިޔާއަށް ހުރި އިރު ކުރުބައެއް 15 ރުފިޔާ އަދި 25 ރުފިޔާ އާއި ދެމެދުގައި ހުރިއިރު ކަރާ ކިލޯއެއް ހުރީ 20 ރުފިޔާ އަށެވެ.
މިފުރުސަތުގައި މިކަލް ނޫހުގެ މުވައްޒަފުންގެ ފަރާތުން ތިޔަ އެންމެހާ ކިޔުންތެރިންނަށް ރަމަޟާން މުބާރިކު ދަންނަވަމެވެ.
މިއަހަރުގެ ރޯދަމަސް ފެށުނީ

މިކަލް ނޫހުގެ މުވައްޒަފުންގެ ފަރާތުން އެންމެހާ ކިޔުންތެރިންނަށް ރަމަޟާން މުބާރިކު.
18/06/2015 - 11:53
+1
+1

ގުޅުންހުރި ލިޔުންތައް

ޚިޔާލުތައް