ފުވައްމުލަކުގައި ކުޑަ ދެ ކުދިންލައްވާ ހަށިވިއްކުވި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ފުވައްމުލަކު މެޖިސްޓްރޭޓްކޯޓުން ޖަހައިދީފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު ފަހު 13:00 ގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 10 މީހުން ބަނދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
” މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 55 އަހަރުގެ މީހަކާއި 50 އަހަރުގެ 41 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ 03 މީހުންނާއި 21 އަހަރުގެ 02 މީހަކާއި 19 އަހަރުގެ މީހެއް” ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި އެންމެންނަކީވެސް ފުވައްމުލަކަށް ނިސްބަތްވާ މީހުންނެވެ. މިމީހުން ކޯޓް އަމުރެއްގެ ދަށުން ފުވައްމުލަކުން ހައްޔަރު ކޮށްފައި ވަނީ އިއްޔެ ހަވީރު 16:00 އިން ފެށިގެން ރޭފެ ދަންވަރު 02:00 އާއި ދެމެދުއެވެ.
މި މައްސަލައާއި ގުޅިގެން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްގެ ޚާއްޞަ ތަޙުޤީޤު ޓީމަކާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ތަޙުޤީޤު ގުޅިގެން ދަނީ ހަރަކާތްތެރި ވަމުންނެވެ.
ޚިޔާލުތައް