A wide advertisement which will be shown on all devices. (700 x 100)

މިނިވަން ފަންސާހުގެ މުނާސަބަތުގައި ފުލުހުންނަށް ދެވޭ މެޑަލް މަޖިލިސް ރައީސަށް

ފުލުހުންނަށް ދެވޭ މިނިވަން ފަންސާހުގެ މެޑަލް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ކޮމިޝަނަރ އޮފް ޕޮލިސް ހަދިޔާކުރައްވަނީ. ފޮޓޯ: ޕޮލިސް

މިނިވަން ފަންސާހުގެ މުނާސަބަތުގައި ފުލުހުންނަށް ދެވޭ މެޑަލް ރައްޔިތުންގެ ޖަލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރ ފުވައްމުލަކު ހުސްނުހީނާގެ ޢަބްދުﷲ މަސީހު އަށް ލިބިއްޖެއެވެ.

މިމެޑަލް މަސީހްއަށް ދެއްވީ މިއަދު ރައްޔިތުންގެ މަޖިލިސް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ރައްޔިތުން މަޖިލިސްގެ އަމީން އާއްމު އަޙްމަދު މުޙައްމަދު އާއި ރައްޔިތުން މަޖިލިސްގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އާއި ރައްޔިތުން މަޖިލިސްގެ ފޮރިން ރިލޭޝަންސްގެ ހެޑް ޢަބްދުލް ހަމީދު ޒަކަރިއްޔާ އާއި ރައްޔިތުން މަޖިލިސްގެ ޑިރެކްޓަރ މުޙައްމަދު ރަޝީދު ބައިވެރިވެލެއްވި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިނިވަން ފަންސާހުގެ މުނާސަބަތުގައި ފުލުހުންނަށް ދެވޭ މި މެޑަލް ރައީސުލް ޖުމްހޫރިޔާ އާއި ރައިސުލް ޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށްވެސް ދީފައިވެއެވެ.

“މިނިވަން 50 ގެ މެޑައްޔަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް ޤައުމީ ފެންވަރުގައި ދެވޭ ޝަރަފުގެ ނިޝާނެއްގެ ގޮތުން މުޅިން އަލަށް ތަޢާރަފުކޮށްފައިވާ މެޑެލެއް، “މިނިވަން ފަންސާސް މެޑަލް” ގެ ގޮތުގައި މެޑައްޔެއް ފުލުހުންނަށް ދޭން ނިންމާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކެޓިވް ލެވެލްގައި މަޝްވަރާކުރުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސްގެ ލަފާފުޅުގެ މަތިންނާއި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބާއާއި ގުޅިގެން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރުމުގެ ގޮތުން” ފުލުހުން ވިދާޅުވިއެވެ.

2015 ޖުލައި 26 ވަނަ ދުވަހާއި ހަމައަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ދެމިތިބި ކޮންމެ ފުލުހުކަށް މި މެޑަލް ދިނުމަށް ނިންމައި، “މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމާއި މަޤާމު ދަށްކުރުމާބެހޭ” ޤަވާއިދަށް އިސްލާހު ގެނެވި ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިޢުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !