A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސްކޫލްތަކުގެ އިސް މަގާމުތަކަށް ބޭފުޅުން ހަމަޖައްސަވައިފި

ފުވައްމުލަކު ސްކޫލްތަކުގައި މިވަގުތު ތިބި އިސް ވެރިން

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިސް މަގާމުތަކަށް އެޑިއުކޭޝަން މިނިސްޓްރީން ބޭފުޅުން ހަމަޖައްސަވައިފި އެވެ. ޏ. އޭއީސީގެ ޕްރިންސިޕަލްގެ މަގާމަށް ހަމަޖައްސަވާފައި ވަނީ އެމަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި އާއިޝަތު ޝަހުމާއެވެ. ކުރީގެ ޕްރިންސިޕަލް އަބްދުއްﷲ ރަޝީދު މާލެ ވަޑައިގަތުމާއި ހަމައިން އޭއީސީ ހިންގުމާއި ހަވާލުވެ ހުންނެވީ ޝަހުމާއެވެ.

އޭއީސީ ޑެޕިއުޓީ ޕްރިންސިޕަލުގެ މަގާމަށް ހަމަޖައްސަވާފައި ވަނީ އީނާސް އަލީ އެވެ. އީނާސް ވެސް މަސައްކަތް ކުރައްވަމުން އައީ އޭއީސީގައި ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައި ކަމަށް މިކަލް ނޫހަށް ވަނީ އެނގިފައެވެ. އަދި ހޭޒްގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ހަމަޖައްސަވާފައި ވަނީ ޒިދުނާ ވަހީދުއެވެ. ޒިދުނާ ވަނީ ކުރިން އެމްޖޭއެމްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުވެސް އަދާކޮށްފައެވެ.

ޝަހުމާ، އީނާސް، އަދި ޒިދުނާ އަކީ ވެސް އެޑިއުކޭޝަން ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި ތައުލީމާީ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅުންނެވެ.

މީގެ އިތުރުން ހާފިޒު އަހުމަދު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި ކުރިން ހުންނެވި އާމިނަތު އަހުމަދު އެސްކޫލުގެ ލީޑިން ޓީޗަރުގެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ. 

ފުވައްމުލަކުގެ ބޮޑު 4 ސްކޫލުގެ އިސް މަގާމުތައް މިވަގުތު ހަމަޖެހިފައި ވަނީ:

 1. އޭއީސީ ޕްރިންސިޕަލް: އާއިޝަތު ޝަހުމާ، ހަވޭލި/ދަޑިމަގު

 2. އޭއީސީ ޑެޕިއުޓީ ޕްރިންސިޕަލް: އީނާސް އަލީ އުތުރުގެ / ދަޑިމަގު

 3. ހޭޒް، (ހިންގުމާއި ހަވާލުވެ ހުންނެވީ) ލިޑީން ޓީޗަރ: ހައުލަތު ސައީދު، ހީނާގެ/ފުނާޑު

 4. ހޭޒް، ޑެޕިއުޓީ ޕްރިންސިޕްލް: ޒިދުނާ ވަޙީދު، ވިކްޓްރީ، /މާދަޑު

 5. އެމްޖޭއެމް. ޕްރިންސިޕަލް: އާރިފާ އަބްދުލް މަޖީދު، ކޯނި /ދަޑިމަގު 

 6. އެފް އެސް، ޕްރިްނސިޕަލް: ހަސަން ޒަރީރު، ޑޭޒީމާގެ/ ދަޑިމަގު

ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންގެ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު ފުވައްމުލަކުގައި ތިބޭގޮތަށް ހަމަޖެހިފައި ވަނީ 4 ސްކޫލުގެ 4 ޕްރިންސިޕަލުންނާއި 2 ޑެޕިއުޓީ ޕްރިންސިޕަލެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !