ރިއާސީ އިންތިޚާބުގެ ލައިވް ކަވަރޭޖަށް މަރުހަބާ! ހެދުނު 0800 އިން ރޭގަނޑު 1900 އާއި ހަމައަށް ކުރިއަށް ދިޔަ ވޯޓުލުން ކުރިއަށް ގޮސްފައިވަނީ އަމާންކަމާއި އޮމާންކަމާއިއެކުގައެވެ. މާގިނަ ޝަކުވާ ތަކެއް ހުށަހެޅިފައިނުވާ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 93 އިންސައްތަ މީހުންވަނީ ވޯޓުލާފައެވެ. ވޯޓު ގުނުމުގައި ފުވައްމުލަކު މެދު އަދި ދެކުނު ރައްޔިތުން ވޯޓުލުމަށް ބެހެއްޓުނު ވޯޓު ފޮށީގެ ކައުންޓާފޮއިލް އަދަދު ދިމާނުވުމުގެ ސަބަބުން ލަސްތަކެއްވި ނަމަވެސް އެހެން ވޯޓު ފޮށިތަކުގެ ނަތީޖާ ލަސްތަކެއްނުވެ ވަނީ އާންމުކޮށްފައެވެ. އެނަތީޖާތަކާއިއެކު 56 އިންސައްތައާއިއެކު ފުވައްމުލަކުގެ 12 ވޯޓު ފޮށިން ކުރި ހޯދާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.
+1
+1
ޚިޔާލުތައް