ރޭ ރިޔާސީ އިންތިޚާބު އދިކޮޅު ކޯލިޝަނުން ކާމިޔާބުކުރުމުގެ އުފާ ފާހަގަ ކުރުމަށް ފުވައްމުލަކުގައި ވެެސް ވެހިކަލް ބުރެއް މިއަދު ހަވީރު ބާއްވާއިފިއެވެ. މިވެހިކަން ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ސައިކަލާއި ޕިކަޕްގައި ބައިވެރިވިއެވެ. އިދިކޮޅު ކޯލިޝަނުން ވަނީ ފުވައްމުކުގެ މެޖޯރިޓީ %56 ހޯދާފައެވެ. ފާއިތުވި ރިޔާސީ އިންތިޚާބުގައި ފުވައްމުލަކުން މެޖޯރިޓީ ހޯދާފައި ވަނީ ވެރިކަން ކުރާ ޕީޕީއެމް ކޯލިޝަނަކުންނެވެ.
ފުވައްމުލަކުގެ ބޮޑެތި މަގުތަކުގައި ކުރިޔަށް ދިޔަ މިބުރުގައި އުފާ ފާޅުކުރުމުގެ ޝުއޫރުތަކާއި ޕީޕީއެމް ކެންޑިޑޭޓަށް ރައްދު ދިނުމުގެ ބަސްތަކުން ޝުއޫރު ފާޅުކޮށްފައި ވެއެވެ.
މިއަދު ހަވީރު މާލޭގައި އެމްޑީޕީ ހަރުގެ ކުރިމަތީގައި ވެސް ވަނީ އުފާ ފާޅުކުރުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.
ރައީސް ޔާމީނު މިއަދު ވަނީ އިންތިޚާބުން ބަލިވި ކަން ގަބޫލުފުޅު ކުރައްވާ އެކަން ވަނީ އާއްމުކޮށް އިއުލާން ކުރައްވާފައެވެ. ނަމަވެސް ޕީޕީއެމްގެ ބައެއް ސަޕޯރޓަރުންނަށް އަދި ވެސް ބަލި ގަބޫލު ނުކުރެވި ސޯޝަލް މީޑިއާގައި ޖެއްސުމުގެ ބަސްތައް ބޭނުންކުރަމުން އަންނަތަން ފެނެއެވެ.

ރިޔާސީ އިންތިޚާބުގެ ކާމިޔާބީ ފުވައްމުލަކުގައި ފާޅުކުރުން
ޚިޔާލުތައް