ފާއިތުވީ އާދީއްތަ ދުވަހު ބޭއްވުނު ރިއާސީ އިންތިޚާބުގެ ނަތީޖާ ކޯޓަކުން ބާތިލް ނުކުރާނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ. މަލީހް މިހެން ވިދާޅުވެފައިވަނީ މިކަން ހާމަކޮށް ކޮށްފައިވާ ފޭސްބުކް އަޕްޑޭޓެއްގައެވެ. މަލީހް އިތުރަށް ވިދާޅުވެ ފައިވަނީ އީސީ (އިލެކްޝަން ކޮމިޝަނުގެ) ގެ ރައީސް ހައްޔަރު ނުކުރެވޭނެ ކަމަށާއި، ޕީޕީއެމް ދެން ލިބޭނީ ރައީސް މައުމޫނަށް ކަމަށާއި، މިހާރު އެކުޅެނީ މާޔޫސްވެފައިވާ ސަޕޯޓަރުން އެކްޓިވް ކުރަންކުޅޭ ޑްރާމާއެއް ކަމަށެވެ.
މަލީހް މިމޭރުމުން ލިއުއްވާފައިވަނީ ނިމި ދިޔަ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސް ކުރުމަށް ވެރިކަން ކުރާ ޕީޕީއެމުން އެދިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓް ކުރުމުންނެވެ.
ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވަނީ ފާއިތުވީ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސް ކުރުމަށް އެދި މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
ޚިޔާލުތައް