A wide advertisement which will be shown on all devices. (700 x 100)

މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ވީ އެންމެ އަވަހަކަށް ތާވަލް ކުރަންޖެހޭ – އަލީ ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ވީ އެންމެ އަވަހަކަށް ތާވަލް ކުރަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލް އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

350،000 ރައްޔިތުންގެ ހައްގުތައް ހިފަހައްޓާ، ގާނޫނު އަސާސީ ފައިދަށަށް ލައިގެން ހުރުމުގެ އެއްވެސް ހައްގެއް އެމްޕީ މަސީހުއަށް ލިބިގެން ނުވޭ. މަޖިލިސް ބާއްވާ މަކިލިސް ބާއްވާ މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ވީއެންމެ އަވަހަކަށް ތާވަލް ކުރަން އެބަޖެހޭ ކަމަށް އަލީ ހުސައިން ރޭ ޓްވީޓް ކުރެއްވިއެވެ. އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެމައްސަލައާއި ގުޅިގެން ސަރުކާރުގެ މަޖިލީސް މެމްބަރުންތަކެއް ވަނީ އިދިކޮޅާއި ގުޅިފައެވެ. ފާއިތުވީ ރިއާސީ އިންތިޚާބުގައި އަބްދުﷲ މަސީހު ތަމްސީލު ކުރައްވާ ފުވައްމުލަކު ދެކުނު ދާއިރާގެ ގިނަ ވޯޓުތައް ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ކެންޑިޑޭޓެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !