A wide advertisement which will be shown on all devices. (700 x 100)

އިންސާފާއި ހަމަހަމަކަން ގާއިމު ކުރުމަށް ވަރަށް ފުރިހަމަ ފުރުސަތެއް ލިބިއްޖެ – ފައިސަލް

ރައްޔިތުންގެ ނިންމެވުމާއި އެކު އިންސާފާއި ހަމަހަމަކަން ގާއިމްކުރުމަށް ވަރަށް ފުރިހަމަ ފުރުސަތެއް ލިބިެއްޖެ ކަމަށް އިންތިޙާބީ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިލެކްޝަން ކޮމިޝަން އިން ނިމިދިޔަ ރިޔާސީ އިންތިޙާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ

” الحمد لله ! ދިވެހި ރައްޔިތުންގެ މި ނިންމެވުމާއި އެކު އުއްމީދުތައް އާވެ، އިންސާފާއި ހަމަހަމަކަން ޤާއިމްކުރުމަށް މި ލިބުނީ ވަރަށް ފުރިހަމަ ފުރުސަތެއް.ޝުކުރިއްޔާ ރައްޔިތުން” އިންތިހާބީ ނައިބް ރައީސް ފައިސަލް ގެ ޓުވީޓުގައި ވެއެވެ.

މިއަދު އިއުލާން ކުރެއްވި ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖަ ދައްކާ ގޮތުން %58.4 ޕަރސެންޓް ވޯޓާއި އެކު އިންތިހާބު ބޮޑުތަނުން ކަމިޔާބު ކުރެއްވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ، އަދި އިންތިޙާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އެވެ. ވެރިކަމުގައި  ހުރި ރައީސް ޔަމީން އަށް ލިބިވަޑައިގެންނެވީ އެންމެ %41.6 ޕަރސެންޓް ވޯޓެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !