A wide advertisement which will be shown on all devices. (700 x 100)

ހޭޒްގެ ސެން ކުދިންނަށް ޑެކަރޭޝަން އާއި ގުޅޭ އަމަލީ މަސައްކަތު ސެޝަނެއް ބާއްވައިފި

މިއަދުގެ ޑެކަރޭޝަން ސެޝަނުގައި ބައިވެރިވި ހޭޒްގެ ސެން ކުދިން. ފޮޓޯ: ހޭޒް ސެން ޔުނިޓް

ހާފިޒު އަހުމަދު ސްކޫލުގެ ޚާއްސަ އެހީއަށް ބޭނުންވާ، (ސެން) ކުދިންނަށް މޭޒުމަތީ ޑެކަރޭޝަން އާއި ގުޅޭ އަމަލީ މަސައްކަތު ސެޝަނެއް މިއަދު އެސުކޫލުގެ ސެން ޔުނިޓްގައި ބާއްވައިފިއެވެ. މިސެޝަނުގައި މައުލޫމާތު ދެއްވީ އައި މީ ސީ ޖަމްއިއްޔާގެ އިސްމެންބަރެއް ކަމުގައިވާ ޝީމާއެވެ. މިއަދުގެ ސެޝަނުގައި އެކުދިން ވަނީ ޕާޓީ ޑެކަރޭޝަންތަކަށް ތަކެތި ތައްޔާރު ކުރާނޭ ގޮތުގެ އަމަލީ މަސައްކަތް ކޮށްފައެވެ. 

ދެ ގަޑިއިރުގެ މިސެޝަން އިންތިޒާުމު ކުރުމުގައި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމުގައި މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ އެމްއޭޕީޑީ އާއި މިސްކިތްމަގު ކައުންސިލުގެ އެހީތެރިކަން ހޭޒްގެ ސެންޔުނިޓުގެ ޓީޗަރުން ފާހަގަކުރެއެވެ.

“މި ސެޝަން އެކުދިންނަށް މިބޭއްވުނީ މިސްކިތްމަގު ކައުންސިލުގެ ވަރަށް ބޮޑު އިސްނެގުމަކާއި އެހީތެރިކަމާއެކު. މިކަންތައް މުޅިންހެން ވެސް ހަމަޖައްސައި ދިނީ ކައުންސިލުން.  އައިމީސީ އާއި އެމްއޭޕީޑީ މެދުވެރިކޮށް މިކަންތައް ހަމަޖައްސައި ދިނީ މިސްކިތްމަގު ކައުންސިލުން. އެފަރާތްތަކުގެ ތަކެތީގައި މިފަދަ ފުރުސަތެއް އެކުދިންނަށް ހޯދައިދިނީތީ އަޅުގަނޑުމެން ސެން ޔުނިޓުން ޝުކުރުވެރިކަމާއެކު އެކަން ފާހަނގަ ކުރަން” ސެންޔުނިޓު، “ރެއިންބޯ”ގެ ޓީޗަރެއް ކަމަށްވާ ނިޒުނާ އާދަމް ބުންޏެވެ.

ހޭޒުގެ ސެން ޔުނިޓަކީ ރާއްޖޭގެ ސްކޫލްތަކުގައި ހިންގާ މިފަދަ ކްލާސްތަކުގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ޔުނިޓެކެވެ. އެޔުނިޓުން ވަނީ ސެން ކުދިންނާއި ގުޅޭ ގޮތުން ތަފާތު ދެ ދިރާސާއެއް ކޮށް ބައިނަލް އަގުވާމީ ޓީޗަރުންގެ ސެމިނާރުގައި ހުށަހަޅައި ދީފައެވެ. މިސެޕްޓެމްބަރު މަހު މާލޭގައި ބޭއްވުނު ޓީޗަސް ކޮންފަރެންސްގައި ފުވައްމުލަކުގެ ސެންޓުނިޓްތައް ގުޅިގެން ހުށަހެޅި ލޯކަލް ތަކެތި ބޭނުންކޮށްގެން ސެން ކުދިންނަށް ހިންގޭނެ ހަރަކާތްތައް ދައްކުވާއިދިން ވީޑިއޯ ޕްރެޒެންޓޭޝަނަކީ ގިނަބައެއްގެ ތައުރީފު ލިބިގެން ދިޔަ ހުށަހެޅުމެކެވެ.

މިދިޔައަހަރު ކުޅުދުއްފުށީގައި ބޭއްވުނު ގައުމީ ފެންވަރުގެ ބައްދަލުވުމެއްގައި ވެސް ހޭޒްގެ ސެން ޔުނިޓުން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅައި ދީފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !