އަންނަ އަހަރު ބޭއްވުމަށް ރޭވިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވޭ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެޕާޓީއިން ހުޅުވާލައިފިއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ޑިސެމްބަރު 19 ވާ ބުދަ ދުވަހުުގެ ހަވީރު 4:00 ގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް އެމްޑީޕީއިން ހާމަކުރެއެވެ.
އެމްޑީޕީން މަޖިލިސް އިންތިހާބުގެ ޕްރައިމަރީއަށް ހުޅުވާލި އިރު އެޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ގަސްދުކުރައްވާ ބޭފުޅުން މިހާރުވެސް ގެންދަވަނީ މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން ފުވައްމުލަކުގެ ތިންދާއިރާއަށްވެސް ދަނީ އެޕާޓީގެ މެމްބަރުން ކެމްޕޭނު ކުރައްވަމުންނެވެ.
އެމްޑީޕީގެ ސީނިއާރ ގިނަ މެމްބަރުން މިފަހަރުގެ އިންތިޚާބުން ފެންނާނެކަމަށް ބެލެވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް މިފަހަރު އަލަށް އިތުރުވި ދާއިރާއެއް ކަމަށްވާ މައްޗަންގޮޅި މެދު ދާއިރާއަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކެމްޕޭން ކުރައްވަން ވަނީ ފައްޓަވާފަ އެވެ.
އެމްޑީޕީން ޕްރައިމަރީއަށް ހުޅުވާލި އިރު އިދިކޮޅު ޕީޕީއެމުން މިހާރު ވަނީ ގިނަ ދާއިރާތަކެއްގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި އެކި ބޭފުޅުންނަށް ދީފަ އެވެ.



ޚިޔާލުތައް