އެތެރޭގެ އުދުހުންތަކުގެ އަގު ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ހެޔޮކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެއެވެ. ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ވަޒީރު އައިޝަތު ނަހުލާ މިހެން ވިދާޅުވެފައިވަނީ އިއްޔެ ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ވަޒީރު އިތުރަށް ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށް އެވުޒާރާއިން ކުރަންޖެހޭ އެންމެހާ ކަންތައްތައް ނިމިފައިވާ ކަމަށެވެ.
“ދަންނަވަން އޮތީ އަޅުގަނޑުމެން ސިވިލް އޭވިއޭޝަން އިން ކުރަން ޖެހޭ މަސައްކަތް ނިމިފައޭ އޮތީ. އަޅުގަނޑުމެންގެ މަސައްކަތްތައް ނިމިފައި އޮތަސް ކަމާބެހޭ އެހެން މިނިސްޓްރީތަކާއި އެހެން ކޮމްޕެނީތަކާއި ވާހަކަ ދެކެވި އިތުރަށް ހެޔޮ ބަދަލެއް ގެނެވޭތޯ އަޅުގަނޑުމެންގެ ވިސްނުން ހުރީ” ނަހުލާ ވިދާޅުވިއެވެ. އެެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކޮށް އިއުލާން ކުރިޔަސް އެކަންކަން ތަންފީޒުވުމަށް ދެތިން ހަފްތާ ވަރު ނަގާނެ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި އެއީ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްވެސް މެއެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުކަމުގެ ޝަކުވާއަކީ ފުވައްމުލަކު ރައްޔިތުން ގިނަ ދުވަސްތަކެއްވަންދެން ކުރަމުން އައިޝަކުވާއެކެވެ. އެޝަކުވާ ކުރަމުންްދިޔައިރު ވެސް އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްދޭ ދެވަނަ އެއާލައިން ފްލައިމީއަށް ފުވައްމުލަކަށް ދަތުރުކުރުގެ ހުއްދަކުރިން ވަނީ ނުދީފައެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއިއެކު މިދިޔަ މަސްތެރޭ ފްލައިމީ އިން ވަނީ ފުވައްމުލަކަށް ޚިދުމަތްދޭން ފަށާފައެވެ.
ޚިޔާލުތައް