ފުވައްމުލަކު މަސްމާރުކޭޓް ހިންގުމަށް ބިގް ފިޝް އާއި ހަވާލުކޮށްފައިވާ އެއްބަސްވުމާއި ހިލާފުވުމުގެ ސަބަބުން އެ އެއްބަސްވުން ބާތިލް ކުރުމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ޖަލްސާއެއްގައި ބިގް ފިޝްއާއި އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ނިންމާފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ބިގް ފިޝް އިން އަމަލުކުރަމުން ނުދާތީކަމަށް އަތޮޅު ކައުންސިލްގެ މެމްބަރަކު ވިދާޅުވިއެވެ. އަތޮޅު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ބިގް ފިޝް އާއި އެކު އެއްބަސްވެފައިވާ އެއްބަސްވުމުގައި ބުނެފައިވާ ގިނަ ކަންތައްތަކެއް ކުރަމުން ނުދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
” އެއްބަސްވުމުގައި އޮންނާނެ ފުވައްމުލަކު މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމާއި، އަދި ފުވައްމުލަކު މަސްވެރިން ބާނަ މަސް ގަންނަން، ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ، އެހެންކަމުން އަތޮޅު ކައުންސިލްގެ ޖަލްސާ އިން ނިންމާފައިވަނީ އެއްބަސްވުން ބާތިލް ކުރުމަށްފަހު އަތޮޅު ކައުންސިލަށް މަސްމާރުކޭޓް ނެގުމަށް” އަތޮޅު ކައުންސިލްގެ މެމްބަރަކު ވިދާޅުވިއެވެ.
ބިގްފިޝް އިން މަސްމާރުކޭޓާއި އެކު މަސްފިނިކޮށް ބަހައްޓާނެ ތަނަކާއި އޮފީސް ބައެއް މަސްމާރުކޭޓްގައި ހަދާފައިވަނީ އެކުންފުނީގެ އަމިއްލަ ހަރަދުގައެވެ. އަދި އެކަމަށް ބޮޑު އިންވެސްޓްމެންޓެއް އެކުންފުނިން ކޮށްފައިވެއެވެ.
ޚިޔާލުތައް