ފުވައްމުލަކު ޕްރީ ސްކޫލެއްކަމަށްވާ ފައުންޑޭޝަން ސްކޫލަށް ރޭ ބަޔަކު ވަނދެ އެސުކޫލްގެ އިމާރާތަށާއި ތަކެއްޗަށް ގެއްލުންތަކެއް ދީފިއެވެ.
ފައުންޑޭޝަން ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ އެސްކޫލަށް ގެއްލުންތަކެއް ދީފައިވާކަން އެގުނީ މިއަދު ހެނދުނު އެސްކޫލް ހުޅުވުމުން ކަމަށެވެ.
“މިގޮތަށް ސްކޫލަށް ގެއްލުންތަކެއް ދިނުމުން ގެއްލުންއެދެވެނީ ތައުލީމް ހާސިލް ކުރަމުންދާ ތުއްތު ކުދިންނަށް، ތަނުގެ ވެރިންނަކަށްވެސްނޫން، އަދި ސްކޫލަކަށްވެސް ނޫން” އޮފިޝަލް ވިދާޅުވިއެވެ.
އެސްކޫލަށް ދީފައިވާ ގެއްލުމުގެ ތެރޭގައި ގޮނޑި ޑެސްކް ފަދަ ތަކެތި ހަލާކުކޮށް އިމާރާތުގެ ބަޔަކަށްވެސް ގެއްލުން ތަކެއް ދީފައިވެއެވެ.
+1
+1
ޚިޔާލުތައް