މިއަހަރުގެ އެންމެ ޚިދުމަތްތެރި ދަނޑުވެރިޔަކަށް ދޭ އިނާމު ޏ.ފުވައްމުލަކު ރޯޒްވިލާ އަހުމަދު ދީދީ ވަނީ ހާސިލުކޮށްފައެވެ. މިއަހަރު ދަނޑުވެރިންގެ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި 80 އަހަރުގެ އަޙުމަދު ދީދީއަށް ދައުލަތުން ވަނީ ޝަރަފުގެ އިނާމު ހަވާލުކޮށް ދެއްވާފައެވެ.
އަޙުމަދު ދީދީ ވަނީ ވޭތުވެދިޔަ 50 އަހަރު ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއްް ކޮށްފައެވެ. އޭނާ ދަނޑުވެރިކަން ކުރަން ފަށާފައިވަނީ 1955 ވަނަ އަހަރު ކަމަށް މައުލޫމާތު ލިބެއެވެ.
އަހުމަދު ދީދީ ވަނީ ރާއްޖެއިން މަދުވަމުންދާ ރައިވެރިކަމުގެ މަސައްކަތް ވެސް ހަތަރު އަހަރުވަންދެން ކޮށްފައެވެ. އަހުމަދު ދީދީ ގަބޫލުކުރާާ ގޮތުގައި ރައިވެރިކަމަށް ވުރެ ދަނޑުވެރިކަމުން ލިބޭ މަންފާއެއް މާބޮޑެވެ. ދަނޑުވެރިކަމުގެ މަސައްކަތް ފެށުމާއެކު އާމްދަނީ ހޯދުމަށް އިތުރު މަސައްކަތެއް ނުކުރާމަށް އަޙްމަދު ދީދީ މީޑިއާއަށް ބުންޏެވެ.
ދަނޑުވެރިކަންކޮށްގެން ލިބުނު ޢާމްދަނީ އަހުމަދު ދީދީ ވަނީ ތިން ފަހަރު ޙައްޖުގެ އަޅުކަންމުގެ ފުރުސަތު ވެސް ހޯދާފައެވެ. އަހުމަދު ދީދީ ދެކޭ ގޮތުގައި ދަނޑުވެރިކަމަކީ ޒުވާނުން ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ.
ގުދުރަތީ ގޮތުން ތަފާތު، ފުވައްމުލަކުގެ ބިމުގައި ދަނޑުވެރިކަމުގެ ގިނަ އުފެއްދުންތަކެއް އުފައްދަމުން އަންނަނީ އުފައްދަމުންނެވެ.



ޚިޔާލުތައް