A wide advertisement which will be shown on all devices. (700 x 100)

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް ކަމަށް ފާތިމަތު ހިލްމީ

ހަޔަރ އެޑިއުކޭން މިނިސްޓރްީގެ ޕާރމަނަންޓް ސެކެރެޓަރީ އަކަށް ފާތިމަތު ހިލްމީ އިއްޔެ އައްޔަން ކުރައްވައިފި

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް) ކަމުގެ މަޤާމަށް  މިސްކިތްމަގު، ބާޣުބަހާރު ފާތިމަތު ހިލްމީ އައްޔަން ކުރައްވައިފިއެވެ. މިއީ ދިވެހި ސިވިލް ސާވިސް އިން އާއްމުކޮށް އިއުލާންކޮށްގެން ހޮވާ އަދި އައްޔަން ކުރާ މަގާމެކެވެ.

ޕާރމަނަންޓް ސެކްރެޓަރީ އައްޔަނުކޮށްދެއްވައި އެކަމުގެ ލިއުން ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްއެވެ. ހަޔަރ އެޑިއުކޭޝަންގެ ފަރާތުން މި ރަސްމިއްޔާތުގައި އެ މިނިސްޓްރީ ގެ މިނިސްޓަރގެ ނައިބް އަލްފާޟިލް އިސްމާޢިލް ޒަބީޙު އާއި ޑިޕާރޓްމަންޓް ތަކުގެ ވެރިންގެ  ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފާތްމަތް ހިލްމީ އަކީ އެޑިއުކޭޝަން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ގެ ދާއިރާއިން މާސްޓާރސް ހާޞިލް ކުރައްވަވާފައިވާ އަދި ބެޗްލަރ އޮފް ސައިކޮލޮޖީ ހައްދަވާފައިވާ ބޭފުޅެކެވެ.

ފާތިމަތު ހިލްމީއަކީ  ދިވެހި ސިވިލް ސަރވިސްގައި 25 އަހަރު ޚިދުމަތް ކުރައްވަވާފައިވާ ތަޖްރިބާކާރު ސިވިލް ސަރވަންޓެކެވެ.

ޕީއެސް އަކަށް އައްޔަނު ކުރެވުނުއިރު އޭނާ ހުންނެވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ، ކިއުއޭޑީ (ކޮލިޓީ އެޝުއަރެންސް ޑިޕާރޓްމެނޓް)ގެ ޑިރެކްޓަރ ޖެނެރަލް މަޤާމުގައެވެ. އެމަޤާމުގެ ކުރިން އެބޭފުޅާ ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލްކަން ކުރައްވަވައި އަދި ޑެޕިއުޓީ ޕްރިންސިޕަލް އެގްޒަމިނަރ ކަމާއި މިނިސްޓްރީގެ ޑިރެކްޓަރުކަންވެސް ކުރައްވަވާފައެވެ.

ކުރިން ފުވައްމުލަކު ސްކޫލްގެ ހެޑްމިސްޓްރެސް އެއްގެ މަގާމާއި ޏ.އޭއީސީ ގެ ޕްރައިމަރީ ޓީޗަރު ކަން ވެސް ފާތިމަތު ހިލްމީ ކުރައްވާފައި ވެއެވެ. ފާތިމަތު ހިލްމީ އަކީ ޏ.އޭއީސީއިން އެންމެ ފުރަތަމަ ޖޭއެސްސީ (ޖޫނިއަރ ސްކޫލް ސެޓްފިކެޓް އިމްތިހާނު، 1980 ގެ މެދެއްހާ ހިސާބުގައި) ހަދައި އެފަހަރު ފާސްވި ދެކުދިންގެ ތެރެއިން އެއްކަނބަލެވެ.

ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އީޖާދީ އަދި އީޖާބީގޮތައް ކަންކަން ރާއްވަވައި، މައްޗަށް ތިއްބަވާ ސިޔާސީ ވެރިންގެ ލަފާގެ މަތިން ޚާއްސަކޮށް މިނިސްޓަރާއި ގުޅިވަޑައިގެން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ދެއްވުމަށް އިޚްލާސްތެރި ކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކޮށްދެއްވުމަށް ޕީއެސްގެ ކިބައިން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެދިވަޑައިގަތެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !