ފުވައްމުލަކުގައި ގާއިމުކުރި ފެނުގެ ނިޒާމުން އަގު ނެގުމަށް ހަމަޖެހިފާ ގޮތް ފެނަކަ ކޯޕަރޭޝަނުން އާންމުކޮށްފިއެވެ. އިއްޔެ އާންމުކުރި އަގުތައް ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 1 ވަނަ ދުވަހުން ފެށިގެންކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރެއެވެ.
މިއަދުން ފެށިގެން މިމަހުގެ 30 ވަނ ދުވަހުގެ ނިޔަލަށް ފެންހޮޅިތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާއި އެކަމުގެ ސަބަބުން އާދަޔާ ޚިލާފަށް ގިނައިން ކްލޮރިން ފެނުގައި އެކުލެވޭނެކަމަށާއި އެހެންކަމުން އެފެނަކީ ބޯން ނުވަތަ ކެއްކުމަށް އެންމެ އެކަށޭނެ ފެނަށް ނުވެދާނެކަމަށްވެސް ފެކަނަ އިން ހާމަކުރެއެވެ.
ފެނަކައިން އިއްޔެ ހާމަކުރި އަގުތަކަށް ބަލާއިރު އެންމެ ކުޑަރޭޓަކީ 30 ދުވަހަށް ދުވާލަކަށް 100 ލީޓަރަށްވުރެ މަދުން ބޭނުންކުރައްވާ ފެން ޓަނަކަށް މީހުންދިރިއުޅޭ ތަންތަނުން ނެގުމަށް ހަމަޖެހިފައިވަނީ 22 ރުފިޔާއެވެ. މިއަގުތަކަކީ އެމްޑަބްލިއުއެސްސީ އިން މާލޭގެ ގެތަކުންވެސް ނަގަމުންދާ އަގެވެ.
ޚިޔާލުތައް
÷ކަމަކު ނުދޭ ކަނެކުސަނ ފީ ގެ ލިމިޓެއ ނެތުނ