A wide advertisement which will be shown on all devices. (700 x 100)

މަޖުލީހުގެ ރައީސް ކަމަށް ފުވައްމުލައް ސިޓީގެ ބަހަކީ އަސްލަމު

މަޖުލިސް 19ގެ ރައީސް ކަމަށް ފުވައްމުލައް ސިޓީގެ ބަހަކީ އަސްލަމު އަދި އީވާ (ނާއިބު ރައިސް)

ފޯރިގަދަވެފައިވާ 19 ވަނަ ރައްޔިތުންގެ މަޖުލީހުގެ ރައީސް ކަމަށް ފުވައްމުލައް ސީޓީގެ ބަހަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމު ކަމަށް އިންތިޚާބުވެފައިވާ މެންބަރުން ހާމަކުރައްވައިފިއެވެ. ފުވައްމުލައް ސިޓީގެ ބަސް ރައްޔިތުންގެ މަޖުލީހުގައި އިއްވަން ކަނޑައާޅަފައިވާ 3 މެންބަރުން ވެސް ވަނީ އެ ބޭފުޅުންގެ ރައުޔު ހާމަކޮށް ދެއްވާފައެވެ. އެތިން މެންބަރުން ވެސް ހާމަކުރައްވާފައި ވަނީ މަޖުލީހުގެ ރައީސް ކަމުގައި އެބޭފުޅުން ވޯޓު ދެއްވާނީ އަސްލަމުއަށް ކަމަށެވެ.

ފުވައްމުލައް ސިޓީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ)

ގިނަ ރައްޔިތުންގެ ވިންދާއި އެއްގޮތަށް މަޖުލިސް ރައީސްކަމަށް އަޅުގަނޑު ވޯޓު ދޭނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމުއަށް ކަމަށް ޓުވީޓް ކުރައްވައި ހާމަކުރައްވާފައި ވެއެވެ. އަދި މަޖުލީހުގެ ނައިބު ރައީސްކަމުގެ ވޯޓުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް ވޯޓު ދޭން ނިންމާފައިވާކަމަ ހާމަކުރައްވާފައި ވެއެވެ.

ފުވައްމުަލައް ސިޓީ އުތުރު ދާއިރާގެ މަޖުލިސް މެންބަރު މުހައްމަދު ރަޝީދު (ދޮންބެ) ގެ ޓްވީޓް

ފުވައްމުލައް ސިޓީ މެދު ދާއިރާގެ މެމްބަރު ހުސޭން މުހައްމަދު  (ހުސޭން)

ފުވައްމުލަކު މެދު ދާއިރާގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި އެދުމުގެ މަތިން 19 ވަނަ މަޖިލީހުގެ ރައީސަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމުއަށް ދޭން ނިންމާފައިވާ ކަމަށް ޓުވީޓް ކުރައްވައި ހުސޭން މުހައްމަދު ހާމަކުރައްވާފައި ވެއެވެ. އޭނާ އިތުރަށް ވިދާޅުވެފައި ވަނީ އިރާދަ ކުރެއްވިއްޔާ ރައްޔިތުންގެ ވިންދާ އެއްގޮތަށް ދެމި ހުންނަވާނެ ކަމަށެވެ.

ފުވައްމުަލައް ސިޓީ މެދު ދާއިރާ އަދި ދެކުނު ދާއިރާގެ މަޖުލިސް މެންބަރު ހުސޭން ހުސޭން މުހައްމަދު އާއި މުހައްމަދު މުމްތާޒު ގެ ޓްވީޓް

ފުވައްމުލައް ސިޓީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު (މުމްތާޒު)

ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމުއަށް އަދި ނައިބު ރައީސަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް ވޯޓު ދޭން ނިންމާފައިވާ ކަމަށް ހާމަކުރައްވާފައި ޓުވީޓް ކުރައްވާފައި ވެއެވެ. މުމްތާޒު އިތުރަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ އަޑު މަޖިލިސް ތެރޭގައި އިއްވައި ދެއްވާނެ ކަމަށެވެ.

މަޖުލީހުގެ ރައީސަކަށް އެމްޑީޕީއިން ނޮމިނޭޓް ކުރާނެ މެންބަރަކު ހޮވުމަށް އެޕާޓީގެ ޕާލެމެންޓާރީ ގްރޫޕް މެންބަރުންގެ ބައްދަލުވުމެއް މިރޭ ބެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުމުގައި މިކަމަށް ގޮތެއް ކަނޑައެޅިގެންދާނެ ކަމަށް ބެލެެވެއެވެ.

މަޖުލީހުގެ ރައީސް ކަމަށް 5 ބޭފުޅަކު ވާދަކުރި ކަމުގަައި ވިޔަސް މިކަމުގައި ވާދަވެރިކަންް އޮތީ އަސްލަމު އާއި ތ.ވިލިފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފުއާއި ދެމެދުމެދުވެ. މީޑިއާ ކަބަރުތައް ބުނާގޮތުން މިދެބޭފުޅުންގެ ފަހަތުގައި ތިއްބެވީ ރައީސް ނަޝީދުއާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިިހު އެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !