A wide advertisement which will be shown on all devices. (700 x 100)

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވަނީ 22 މެމްބަރުންގެ ނަމާއިއެކުގައެވެ. މި 22 މެމްބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ 21 މެމްބަރުންނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފެވެ. 

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، މަޖިލިސްގެ ރައީސްގެ މަސްއޫލިއްޔަތު ގަސްތުގައި އަދާނުކުރުމުގެ ސަބަބުން މަޖިލީހުގެ ނިޒާމް ގެއްލިގެންދާ ވަގުތުތަކުގައި މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގުމަށް ފުރުސަތު ދީ މާރާމާރީ އާއި އަދި އެ ނޫން ވެސް ޖިނާއީ ބޮޑެތި ކުށްތައް ކުރުމަށް ހިތްވަރު ލިބޭ ގޮތަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އަމަލުކުރަމުން ގެންދާތީ އާއި، މަޖިލީހުގެ ތަޅުމުގަ އާއި، ކޮމިޓީތަކުގެ އިތުރުން މަޖިލީހުގެ ގޯތިތެރޭގައި އެފަދަ މާރާމާރީ އާއި ބޮޑެތި ޖިނާއީ ކުށްތައް ހިންގުން އާންމުވެ، ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަކީ ބިރުވެރި ނާމާން ތަނަކަށް ބަދަލުވެގެން ދިޔައިރު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހިތްވަރު ލިބޭ ގޮތަށް އަމަލުތައް ބަހައްޓަވަމުން ގެންދަވާތީ، ކަމަށް ބުނެއެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީ އިން ހުށަހަޅާފައިވާ އިރު މީގެ ކުރިން ޕީޕީއެމް އިން މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކޮށް ނިހާނު ގެނައުމަށް މަސައްކަތް ކުރަމުންދާ ވާހަކައެއް އަދީބުގެ މައްސަލަ ފެންމަތި ވުމުގެ ކުރިން ވަނީ ދެކެވިފައެވެ. ނަމަވެސް، އަދީބު ހައްޔަރުކުރުމާއި އެކު މިވާހަކަތައް ވަނީ ހުއްޓިފައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !