A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ޑިޓޮކްސްގެ ޚިދުމަތް ހުއްޓާލުމަކީ ސިޓީ ކައުންސިލުން އަދި ރައްޔިތުން އެދޭ ކަމެއް ނޫން

ފުވައްމުލަކު ޑްރަގު ރިހިބިލިޓޭޝަން ސެންޓަރުން ޚިދުމަތް ހޯދަމުން ދިޔަ ބައެއް ޟިހުން އެތަނުގެ ތެރޭގައި 2014

ފުވައްމުލައް ސިޓީގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމުކޮށް ޑިޓޮކްސިފިކޭޝަން ގެ ޚިދުމަތް ދޭން ފެށީ 2012 ވަނަ އަހަރު ޖެނުއަރީ މަހުއެވެ. އެއިގެ ފަހުން އެތަނުން އަބަދުވެސް ޚިދުމަތް ހޯދާ ފަރާތްތައް ތިބެއެވެ.

ނަމަވެސް ޖެންޑަރ މިނިސްޓްރީން އެސެންޓަރުގެ ޑިޓޮކްސް ޚިދުމަތް ހުއްޓާލަން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެތަން ހުއްޓާލަނީ ސިޓީ ކައުންސިލާއި ފުވައްމުލަކުގެ ރައްޔިތުން އެކަމަށް އެދޭތީ އެވެ.

ޖެންޑަރ މިނިސްޓރީގެ ސިޓީގައި ވާގޮތުން ފުވައްމުލައް ސިޓީގައި ޑްރަގް ޑިޓޮކްސިފިކޭޝަން ޚިދުމަތް ބޭނުން ނުވާކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލަކު ރައްޔިތުން ވެސް އެޚިދުމަތް ބޭނުން ނުވާކަމަށް އެދެމުންދާތީ ރިހިބިލިޓޭޝަން ސެންޓަރުގެ ޑިޓޮކްސިފިކޭޝަން ޚިދުމަތް ހުއްޓާލުމަށް އަންގާފައި ވެއެވެ.

ފުވައްމުލަކުގައި ޑްރަގް ޑިޓޮކްސް ސެންޓަރެއް ގާއިމުކުރީ 2012 ޖެނުއަރީގައި

މި ޖޫން މަހު 17ގެ ތާރީޚު ޖަހާފައިވާ އެސިޓީ އާއި ހަވާލަދީ ފުވައްމުލައް ސިޓީ ކައުންސިލުން ޖެންޑަރ މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވެއެވެ.

މޭޔަރު ފަލާޙު ޝަރީފު ސޮއި ކުރައްވާފައިވާ އެސިޓީގައި ބުނެފައިވަނީ ފުވައްމުލަކުގައި ހިންގާ ޑިޓޮކްސިފިކޭޝަން ޚިދުމަތް ހުއްޓަލުމަކީ އެއްވެސް އިރެއްގައި އެކައުންސިލުން އެދޭ ކަމެއް ނޫންކަމަށެވެ.

“ސިޓީ ކައުންސިލުން އަބަދުވެސް އެދެމުން ދިޔައީ، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ކުރިޔަށް ގެންދިއުމުގައި ދިމާވާ މައްސަލަތަކާއި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެވިގެން ޚިދުމަތް ކުރިޔަށް ގެންދިއުމަށެވެ” ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސް މިނިސްޓަރ ޝިދާތާ ޝަރީފަށް އެޑްރެސް ކޮށްފައިވާ ސިޓީގައި ވެއެވެ.

ސިޓީ ކައުންސިލުގެ ސިޓީގައި އިތުރަށް ހާމަކުރައްވާފައި ވަނީ މިހާރުވެސް އެ ކައުންސިލުން އެދެނީ ފުރަތަމަ ޑިޓޮކްސިފިކޭޝަން ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި އެކަމުގެ ސަބަބުން ކުރިމަތިވެގެންދާނެ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެވި، ޚިިދުމަތް ހަރުދަނާ ކުރެވިގެން ދިއުން ކަމުގައި ދަންނަވާ ކަމަށްވެއެވެ.

މިއަދު 26 ޖޫންގެ ތާރީޚުގައި ފޮނުއްވާފައިވާ މިސިޓީގައި ވެސް ސިޓީ ކައުންސިލްގެ ތައްގަޑެއް ނެތެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ޖެންޑަރ މިނިސްޓްރީއަށް ލިޔުނު ސިޓީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ރަޝީދު

    ހަޤީގަތުގަ އެއީ ބޭކާރު ޚަރަދެއް އެތަނުން ފަރުވާ ހޯދާނަމުގަ
    ރަށުތެރޭާގައި ގިނަވާ ބައެއް ބޭކާރު ޚަރަދު. ތިތަން ހުއްޓުން
    ލަސްވެސް ވެއް!

  • ައަލީ ހަސަން އެކޯޑު

    މިތަން ފުވައްމުލަކުން ބޭރުކުރުމަކީ މިސިޓީ ރައިޔަތުން އުފާކުރާކަމެކެވެ. މަދު ބަޔަކަށް މަންފާ ކުރިޔަސް މިސިޓީ ރައިޔަތުންނަށް މާއްދީގޮތުން ގެއްލުން ވަމުންދެއެވެ. އެމްޑީޕީސަރުކާރަށް ފައްފަޝުން ޝުރު ދަންނަވަމެވެ.