A wide advertisement which will be shown on all devices. (700 x 100)

ކާރިސާގެ ހާލަތްތަކުގައި ސިއްޙީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ވޯކްޝޮޕެއް ބާއްވައިފި

ފުވައްމުލައް ހޮސްޕިޓަލާއި ޝީ ގުޅިގެން ބޭއްވި ކާރިސާގެ ހާލަތުގައި މާބަނޑު މީހުންގެ ސިއްހަތާއި ގުޅޭގޮތުން އަމަލުކުރާނެ ގޮތުގެ ވޯކްޝޮޕް

ކާރިސާގެ ހާލަތްތަކުއި ދަރިމައިވުމުގެ ސިއްހަތާއި ޖިންސީގުޅުމުގެ ދުޅަހެޔޮކަމާއި ގުޅޭ ގޮތުން ފުވައްމުލައްކު ހޮސްޕިޓަލާއި ޝީ (ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން) ގުޅިގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ޖުލައި މަހު 18-20 އަށް ކުރިޔަށްގެން ދެވުނު މިބައްދަލުވުމުގައި އައްޑު ސިޓީއާއި ފަވައްމުލައް ސިޓިގެ ކަމާއި ގުޅޭ އިދާރާތަކުން 15 ވަރަކަށް މީހުން ބައިވެރިވެފައި ވެއެވެ.

“މިނިމަމް އިނިޝަލް ސާވިސް ޕެކޭޖް ފޯރ ސެކްޝުއަލް އެންޑް ރިޕްރޮޑަކްޓިވް ހެލްތު އިން ކްރައިސިސް” ގެ ނަމުގައި ކުރިޔަށް ގެންދެވުނު މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވާފައި ވަނީ ޝީ ގެ ޓެކްނިކް ބޭފުޅުންނެވެ.

ކާރިސާގެ ހާލަތުގައި މާބަނޑު މީހުންނާއި ޖިންސީ ގުޅުމުގެ ސިއްހަތާއި ގުޅޭގޮތުން އަމަލުކުރާނެ ގޮތުގެ ވޯކްޝޮޕްގެ ބައެއް ސެޝަން ތުނޑީގައި

މިއީ ޖަޕާން ޓްރަސްޓް ފަނޑާއި ޔޫއެންއެފްޕީއޭ ގެ އެހީގައި އިމަޖެންސީ ހާލަތްތަކުގައި އަމަލުކުރާނޭ ގޮތްތަކުގެ މައްޗަށް ތާއްޔާރުވެ ތިބުމަށް ތަމްރީނު ދިނުމުގެ ހަރަކާތެކެވެ. އެގޮތުން މި ވޯކްޝޮޕް އަމާޒުކުރެވިފައިވަނީ ސިއްހީދާއިރާގެ މުވައްޒަފުނާއި ފަސްޓްއެއިޑް ދޭ ފަރާތްތަކާއި ރީގަނަލް ހެލްތު ފޯކަލް ޕޮއިންޓުންނަށެވެ.

ކުއްލި ހާލަތްތަކުގައި އެންމެ މަދުމިނުގެ ވަސީލަތްތަކާއެކު މާބަނޑު މީހުން ރަނގަޅު ސިއްހަތެއްގައި ބޭތިއްބުމަށާއި ޖިންސީ ގުޅުމުގެ ދުޅަހެޔޮކަމަށް މަސައްކަތް ކުރެވިދާނެ ގޮތުގެ މައުލޫމާތު މި ވޯކްޝޮޕްގައި ބައިވެރިންނަށް ދެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ދެވުނު ބައެއް ދާއިރާ ތަކުގެ ތެރޭގައި އެފަހަދ ހާލަތްތަކުގައި އާއިލާ ރޭވުމާއި ގުޅެ ގޮތުން ކަންތައް ކުރެވިދާނެ ގޮތްތަކާއި، އެޗްއައިވީ އައި ދަރިމައިކަމުގެ ސިއްހަތާއި، މިންތީންގެ އަނިޔާގެ ޙާލަތްތަކުގައި ސިއްހީ ޚިދުމަތްދޭ ފަރާތްތަކަށް އަމަލުކުރާނެ ގޮތް ހަރުދަނާކޮށް ގާބިލްކަން އިތުރު ކުރުމުގެ ގޮތުން މައުލޫމާތު ދެވިފައިވެއެވެ.

މި ވޯކްޝޮޕްގެ ބައެއް ސެޝަންތައް ފުވައްމުލަކު ތުނޑީގައި ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

މިވޯކްޝޮޕް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާ ކަމަށް ފުވައްމުލައް ހޮސްޕިޓަލުން ހާމަކުރައްވައެވެ.

ކާރިސާގެ ހާލަތުގައި މާބަނޑު މީހުންގެ ސިއްހަތާއި ގުޅޭގޮތުން އަމަލުކުރާނެ ގޮތުގެ ވޯކްޝޮޕްގެ ބައެއް ސެޝަން ތުނޑީގައި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !