A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ނަރުދަމާގެ މައްސައްލަތައް އިންސްޕެކްޓް ކުރަނީ

ފުވައްމުލައް ސިޓީގެ ނަރުދަމާ އަށް ދިމާވެފައިވާ މައްސަލަތައް އިސްޕެކްޓް ކުރަނީ. ފޮޓޯ: ފވމ ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގައި ގާއިމުކުރެވިފައިވާ ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމާއި ގުޅުން ހުރި ހުރިހާ ފަރާތެއް ހިމެނޭ ގޮތުން ނަރުދަމާ އިންސްޕެކްޓް ކުރަން ފަށައިފިއެވެ.

މި އިންސްޕެކްޝަނުގައި ތިމާވެއްޓާއި ބެހޭ މިނިސްޓރީއާއި، ޕްލެނިން މިނިސްޓްރީ،، ސިއެރާ، ފެނަކަ ކޯޕަރޭޝަން، އަދި ނަރުދަމާ ސިސްޓަމް ޑިޒައިނަރ ރިޔަން އާއި ސިސްޓަމްގެ ބައިތައް އުފެއްދި ފަރާތާއި ފުވައްމުލައް ސިޓީ ކައުންސިލުން ބައިވަރިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މިސސްޓަމަށް ދިމާވާ މައްސަލަތައް ބެލުމަށް އަމަލީގޮތުން ރަށުގެ އެކި ހިސާބުތަކުގައިވާ ވެކިއުމް ޕަމްޕް ސްޓޭޝަންތައް ބަލަން މިއަދު ވަނީ ފަށާފައެވެ. އަމަލީގޮތުން މިކަމުގައި ފުވައްމުލައް ސިޓީގެ މޭޔަރު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ފުވައްމުލައް ސިޓީގެ ނަރުދަމާ އަށް ދިމާވެފައިވާ މައްސަލަތައް އިސްޕެކްޓް ކުރަނީ. ފޮޓޯ: ފވމ ސިޓީ ކައުންސިލް

ގިނަ ގޮތްގޮތުން ދިރާސާކުރެވި ރަށާއި އެންމެ އެކަށޭނަ ގޮތަށް ފަރުމާކުރެވިގެން ގާއިމުކުރެވިފައިވާ ހައިބްރިޑް މިސިސްޓަމުގައި މައްސަލަ ޖެހެނީ ވެކިއުމް ކޮމްޕޯނެންޓްގައި ކަމަށް މައުލޫމާތު ލިބެއެވެ. ފެން ނުވަންނަ ގޮތަށް ވެކިއުމް ޕަމްޕްތައް ރަށްކާކުރެވިފައިވާ ޖަންކްޝަންތަކުގައި ވާރޭ ވެހުމުން ފެންވަދެ އެ ޕަމްޕުތަކުގެ މަސައްކަތް ހުއްޓޭކަން ވަނީ އެނގިފައެވެ. އެއާއެކު ރަށުގެ ފެންގަޑުބޮޑުވާ ކޮންމެ ފަހަރަކު ވެސް ނަރުދަމާގެ ޖަންކްޝަނތަކުގައިވާ ނަޖިސްތައް ރަށުގެ ފެނާއި އެކުވެ ނަޖިސް ބޭރުވާ ކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުން އާދެއެވެ.

ނަރުދަމާގެ ނިޒާމާއި ގުޅި ބައެއް ގެތަކުން އަނބުރާ ކުރީގެ ސެޕްޓިކް ޓޭންކްތަކަށް ހޮޅިތައް ބަދަލުކުރަން ފަށާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ވާރޭވެހުމުން ބައެއް ގެތަކުގެ ނަރުދަމާ ޖަންކްޝަންތައް ފުރި ގޯތިތެރެއަށް ނަޖިސް ފެން ލީކުވެފައި ހުންނާތީ، ނަރުދަމާ ބޭނުން ކުރުން ރައްކާތެރި ނޫންކަމަށް ބުނެއެވެ.

މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ ޟިރާރު ވިދާޅުވެފައި ވަނީ މި ނަރުދަމާ ސިސްޓަމް އެއްކޮށް ރަނގަޅަށް އިންސްޕެކްޓްކުރެވި މައްސަލަ ހައްލުކޮށްގެން ނޫނީ 300 މިލިޔަން ރުފިޔާގެ އަގުބޮޑު ނަރުދަމާގެ ބޭނުން ނުކުރެވޭނެ ކަމަށެވެ.

ފުވައްމުލައް ސިޓީގެ ނަރުދަމާ އަށް ދިމާވެފައިވާ މައްސަލަތައް އިސްޕެކްޝަންގެ މައުލޫމާތު. ފޮޓޯ: ފވމ ސިޓީ ކައުންސިލް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !