A wide advertisement which will be shown on all devices. (700 x 100)

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ސަމީން ހޯދަނީ

ފުލުހުން ނުފެނިގެން ހޯދާ ސަމީން ގެ ފޮތޯއާއެކު ވަނީ އިއުލާން ކޮށްފައި. ފޮޓޯ: ފުލުހުންގެ ވެބްސައިޓް

ފުލުހުން ތަހުގީގުކުރަމުުންދާ މައްސަލައެއްގައި ފުވައމްުލަކު މީހަކު ހޯދަން އިއުލާން ކޮށްފިއެވެ. ފުލުހުންގެ ވެބްސައިޓްގައި އިއުލާން ކޮށްފައި ވަނީ ޏ. ފުވައްމުލައް، ހޯދަޑު، ވެލިރަންގެ، ސާމީން ޙުސައިން (28އ) އެވެ. ސަމީން އާއި ލ. ދަނބިދޫ ޝަބީން ކިޔާ މިޙަކާއި ދެމީހުން ހޯދަން އިއުލާން ކުރީ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ނެވެ.

މިދެމީހުން ވެސް ހޯދަން އިއުލާން ކުރީ އުޅޭ ވަކިތަނެއް ނެގުމުގުމާއި ފުލުހuން ހޯދައި ނުފެނިފައި ވާތީއެވެ. މިދެމީހުންނަށް ފުލުހުން އެދިފައިވަނީ އަމިއްލައަށް ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް ނުވަތަ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791462 ފޯނަށް ގުޅައި
މައުލޫމާތު ދިނުމަށެވެ.

މިގެ އިތުރުން ސާމީން ޙުސައިން އާއި ޝަބީން އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތެއް މަތީގައި ދަންވާފައިވާ ނަންބަރަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވެސް ފުލުހުން އެދިފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !