A wide advertisement which will be shown on all devices. (700 x 100)

އެންމެ އަލިގަދަ ތަރި: އަބްދުﷲ މުފީދު ގަދަ 5 އަށް ދަތުރުކޮށްފި

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ މިރޭގެ ޕްރޮގްރާމުގެ ތެރެއިން

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި 1437 ގުރުއާން މުބާރާތުގައި ގަދަ 6 ގައި ވާދަކުރި ފުވައްމުލަކު އަށް ނިސްބަތްވާ ހަމައެކަނި ބައިވެރިޔާ ހޯދަޑު، ވީދާތަރި އަބްދުﷲ މުފީދު ގަދަ 5 އަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގައި މިވަގުތު ފުވައްމުލަކު ތަމްސީކުރައްވާ ހަމައެކަނި ބައިވެރިއާ، އަބްދުﷲ މުފީދަކީ ހާފިޒު އަހުމާދު ސްކޫލުގެ އަރަބި ޓީޗަރެއްގެ ގޮތުގައި މަަސައްކަތް ކުރައްވާ ޓީޗަރަކެވެ. އަދި ރާއްޖެއިން ބޭރުގެ ބައެއް ޤުރުއާން މުބާރާތުގައި ބައިވެރިވެފައިވާ ބޭފުޅެކެވެ.

މިމުބާރާތުގެ ގަދަ 10 އަށް ފުވައްމުލަކު 3 ބައިވެރިން ދަތުރުކުރިއެވެ. އެއީ ދޫނޑިގަމު ދަހަނާ އަލީ އިބްރާހިމް ދީދީ އާއި ހޯދަޑު އަވަށުން ވިދާތަރި އަބްދުﷲ މުފީދު އާއި ޔާފާ ހައްވާ ސައުސަން އެވެ. އަދި މިމުބާރާތުގެ ފުރަތަމަ އޯޑިޝަނުން ހޮވިގެން ފުވައްމުލަކުގެ 7 ބައިވެރިޔަކު ދެވަނަ ބުރަށް މާލެ ދިޔައެވެ. ނަމަވެސް ފައިނަލް ބުރުން ޖާގަ ލިބުނީ ފުވައްމުލަކުގެ 3 ބައިވެރިންނަށެވެ. މިނަތީޖާ ތަކާއިއެކު ގަދަ 6 އާއި ހަމައަށް އެއްރަށަކުން އެންމެގިނަ ބައިވެރިން ތަމްސީލު ކުރަމުން ގޮސްފައިވަނީ ފުވައްމުލަކުންނެވެ.

ގުޅުންހުރި ލިޔުން:

އެންމެ އަލިގަދަ ތަރީގެ 7 ވަނަ އާއިއެކު ސައުސަން މުބާރާތުން ކަޓައިފި
އެންމެ އަލިގަދަ ތަރި: ފުވައްމުލަކުގެ 2 ބައިވެރިން ގަދަ 8އަށް
އަލިގަދަ ތަރި ގުރުއާން މުބާރާތުގެ ގަދަ 10އަށް ފުވަމުލަކުގެ 3 ބައިވެރިން ވެސް ދަތުރުކޮށްފި
އެންމެ އަލިގަދަ ތަރިއަށް ފުވައްމުލަކުން 3 ބައިވެރިން ހޮވިއްޖެ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !