އަހަރުގެ ބޮޑު ބަންދާއި ދިމާކޮށް ޚިތާނީ ކޭމްޕެއް ބޭއްވުމަށް ފުވައްމުލައް ހޮސްޕިޓަލުން ތައްޔާރުވެއްޖެއެވެ. ފުވައްމުލަކު ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕް ބޭއްވުމަށް ހަަމޖެހިފައި ވަނީ މި ނޮވެމްބަރު މަހ 21 އިން އަންނަ އަހަރު ޖެނުއަރީ މަހުގެ ފުރަތަމަ ދުވާއި ހަމައަށެވެ.
މިކޭޕްގައި ޚިތާނުކުރުމަށް އެދޭ ކުދިންގެ ނަން ނޯޓްކުރުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޚިތާނީ ކޭމްޕްގައި ކުދިން ބައިވެރިވާން އެދޭ ފަރާތްތަކުން ފުވައްމުލައްކު ހޮސްޕިޓަލުގެ ނަމްބަރު 6860658 އާއި ގުޅުމުން ނަން ނޯޓްކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެއެވެ.
ނަން ނޯޓް ކުރުމުގެ އެންމެ ފަހު ތާރީޚާކީ އަންނަ އާދީއްތަ (17 ނޮވެމްބަރު 2019) ދުވަހެވެ.
ސްކޫލްތަކުގެ އަހަރީ ޗުއްޓީ ދުވަސްވަރަކީ ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު ޚިތާނުކުރާ ދުވަސް ވަރެކެވެ. ކުރީ ޒަމާނުގައި ޚިތާނުކުރުމަކީ ގޭގައި ކުރާ ކަމެއް ކަމުގައި ވެފައި އޮތަސް މިހާރު ގިނަ މީހުން ބޭނުންވަނީ ހޮސްޕިޓަލުގެ ކަމާއިބެހޭ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ޚިތާނުކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދާށެވެ. އެއީ އެކަމުގައި ރައްކާތިރިކަން ބޮޑުވެފައި، ފަހުންވެސް އިތުރު ކަމަކާއި ދިމާވާ ހާލަތުގައި އެހީތެރިވެދޭން ތިބޭ ފަރާތަކީ ހޮސްޕިޓަލް ކަމަށް ވާތީއެވެ.

ޚިތާނީ މޫސުމް
ހޮސްޕިޓަލުގައި ޚިތާނު ކުރި ކަމުގައި ވިޔަސް އެއާއި ގުޅިގެން ކުރިޔަށް ގެންދެވޭ އިޖުތިމާއީ ހަރަކާތްތައް ކުރިޔަށް ގެންދިއުން އޮވެއެވެ. އެގޮތުން ހޮސްޕިޓަލުގައި ޚިތާނު ކުރުމަށް ފަހު ދެތިން ގަޑިއިރު ނުވަތަ 1 ދުވަހު ހޮސްޕިޓަލުގަިއ ބޭއްވުމަށްފަހު ގެއަސް ގެންދިއުމުން ޚިތާނީ އުފަލުގައި އާއިޅީ މިހުންނާއި އެކުވެރިން ބައިވެރިވެ އުުފާފާޅުކުރުމާއި، ކުޅުމާއި، ހަދިޔާ ގެނެސް ދިނުމާއި ކެއުމާއި ސައިގެ ހަރަކާތްތައް ގިނަފަހަރާ 7-10 ދުވަހަށް ދެމިގެން ދެއެވެ.
ސްކޫލް ބަންދު ދުވަސްވަރަކީ ގިނަ ބަޔަކަށް މިފަދަ ކަމަކަށް ވަގުތު ދިނުމަށް އެންމެ ފަސޭހަ ދުވަސްވަރު ކަމުގައި އޮންނަނީ ވެފައެވެ.
ޚިޔާލުތައް