ޖަރުމަނުގެ މިންޑެން އަވަށުގައި ދިރިއުޅޭ ސީރިއާގެ ރެފިއުޖީއެއް ކަމަށްވާ މުހައްނަދު، އެސަރަހައްދުގެ ފުލުހުންނަށް 150000 (އެއްލައްކަ ފަންސާސް ހާސް)ޔޫރޯ، ގާތްގަޑަކަށް 225000 ދެލައްކަ ފަންސަވީސް ހާސް ޑޮލަރު އާއި ޑިސްކައުންޓް ވައުޗަރ ފޮތްތަކެއް ހަވާލު ކުރުމުން އޭނާގެ އިޚުލާސްތެރިކަން ފާހަގަކޮށް ބަތަލެއްގެ ދަރަޖަ ވަނީ ދީފައެވެ. ޖަރުމަނުގެ ރެފިއުޖީ ހިމާޔާތް މިދިޔަ އަހަރު ލިބުނު 25 އަހަރުގެ މުހައްނަދުއަށް މިފައިސާތަކާއި ޑިސްކައުންޓް ފޮތްތައް ފެނިފައި ވަނީ އޭނާއަށް ހަދިޔާގެ ގޮތުގައި ލިބުނު އަލަމާރިއެއްގެ ތެރެއިންނެވެ.
އެފައިސާގެ ތެރެއިން 50000 (ފަންސާސް ހާސް) ޔޫރޯ ފެނިފައި ވަނީ އޭނާއަށް ލިބުނު އަލަމާރި އެތުރުމުގެ މަަސައްކަތުގައި އުޅެނިކޮށް ދެ ބައި ދޭތެރެއިން ނެވެ. އަނެއް 100000 (އެއްލައްކަ) ޔޫރޯ ފެނިފަިއވަނީ އަލަމާރީގެ ދެ ފިލާ ދޭތެރެއިންނެވެ.
މުހައްނަދު މީޑިއާއަށް ބުނީ މިހާތަނަށް އަދި ދުވަހަކު ވެސް އެހާ ބައިވަރު ފައިސާ އެއްތަނަކުން އޭނާ ނުދެކޭ ކަމަށެވެ. އަދި ދުވަހަކު ވެސް 500 ޔޫރޯ ގެ ނޫޓު ކުރިން ނުދެކޭ ކަމަށާއި އެހުރިހާ ފައިސާއެއް ވެސް 500 ޔޫރޯގެ ނޫޓުން ހުރުމުން ފުރަތަމަ އެއީ އަސްލު ފައިސާތޯ ބަލަން އިންޓަނެޓުން ސާޗުކޮށް ޔަގީން ކުރި ކަމަށެވެ.
މިފައިސާއަކީ ސީރިއާގެ ހަނގުރާމައިން ސަލާމަތް ނުވަފައި ތިބި އެނާގެ ދެކޮއްކޮއިން ޖަރުމަނަށް ގެނެވޭނެ ވަރުގެ ފައިސާގެ އަދަދެއް ކަމަށާއި އެކަމަކު ވެސް އެފަދަ ފައިސާގައި ޖެހި އެއިގެ ބޭނުން ކުރަން ބޭނުން ނުވާކަމަށް މުހައްނަދު މައުލޫމާތު ދިނެވެ.
“މާތް ﷲ ހުއްދަ ނުކުރައްވާ! މީހެއްގެ ފައިސާއިން އަޅުގަޑުގެ އަމިއްލަ ބޭނުމެއް ފުއްދުމަށް” މުހައްނަދު ޖަރުމަނުގެ މީޑިއާއަށް ބުންޏެވެ.
އެއާއި ގުޅިގެން މިންޑެން އަވަށުގެ ފުލުހުން ބުނެފައި ވަނީ މީހުން ކުޑަ އަދަދުން ފައިސާ އެގޮތަށް ހަވާލުކުރާ ކަމަށާއި ނަމަވެސް މިވަރުގެ ބޮޑު އަދަދުތައް ހަވާލު ނުކުރާ ކަމަށެވެ. އަދި އެއީ ވެދާނެ ކަމެއްކަމަށް އެމީހުންނަށް ގަބޫލުވެސް ނުކުރެވޭ ކަމަށެވެ. ނަމަވެސް މުހައްނަދު މިއީ އެހެން މީހުންނަށް ނަމޫނާއެއް ކަމަށްވެ.
މިންޑެން ސަރަހައްދު އޮފީހުން ފުލުހުންނާއި ހަވާލުކުރި ފައިސާގެ ވެރިފަރާތެއް އަދި ވަނީ ނުހޯދިފައެވެ. ވެރިފަރާތް ފެނުމުން އެފައިސާގެ%3 މުހަންނަދަށް ދޭން ޖަރުމަނުގެ ގާނޫނުން ބުނެއެވެ.



ޚިޔާލުތައް