A wide advertisement which will be shown on all devices. (700 x 100)

ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ކުރި ހުކުމާއިމެދު އެޗްއާރުސީއެމުން އެއްޗެއް ނުބުނުމުން ހިސްޓޯގެ ހިތްހަމަނުޖެހުން ހާމަކޮށްފި

ހިސްޓޯ އަކީ ކުރިން އެމްޑީޕީ، އަދި ޕިޕީއެމްގައި ހުރުމަށްފަހު، މިހާރު މިނިވަން މުއައްސަސާއެއް ކަމުގައިވާ ހިއުމަންރައިޓްސް ކަމިޝަން އޮފް މޯލްޑިވުސްގެ ނާއިބު ރައީސެވެ.

ހަވީރު ނޫހުގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުން އެމުވައްޒަފުންގެ އަސާސީ ހައްގުތައް ގެއްލިގެންދާ ހިނދު އެކަމާއި ހިއުމަންރައިޓްސް ކަމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެއޗެއް ނުބުނުމުން އެކަމާއި މެދު އެކޮމިޝަނުގެ ނާއިބުރައީސް ޝިފާގު މުފީދު (ހިސްޓޯ) ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ހިސްޓޯ ހިތްހަމަނުޖެހުން ފާޅުކޮށް އަމިއްލަ ގޮތުން ޓްވީޓް ކުރީ އެމައްސަލާގައި އެޗްއާރުސީއެމްގެ ބަޔާނެއް ނެރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ. މިޖުލައި މަހު 3 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅޭގޮތުން އެޗްއާރުސީއެމުން ބަޔާނެއް ޑްރާފްޓްކޮށް ކޮމިޝަނުގައި ވާހަކަ ދެކެވިފައިވެއެވެ. ނަމަވެސް އެޑްރާފްޓާއި މެދު މެމްބަރުންނަށް އެއްބަސް ނުވެވުމުން ބަޔާން ނެރެވޭ ގޮތެއް ވަނީ ނުވަފައެވެ.

ހިސްޓޯގެ ހިތްހަމަނުޖެހުން މީޑިއާއަށް ތިލަވެފައި ވަނީ އޭނާގެ ކަންބޮޑުވުމަށް އެޗްއާރުސީއެމުން އެޑްރެސް ނުކުރެވި ލަސްތަކެއް ވާތީއެވެ.

“އަޅުގަނޑަކީ އެންމެ މެމްބަރެއް. އަޅުގަނޑަށް ކުރެވޭނީ މަސައްކަތް. އެތައް މުވައްޒަފުން ތަކެއްގެ ހައްގުތައް ގެއްލި، ދުވަސްތަކެއް ވާއިރު، އެކަމާ ހިއުމަން ރައިޓްސް ކޮމިޝަނުން އެއްޗެއް ނުބުނެ ލަސްވަންޏާ، ކޮމިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ އިހުސާސްތައް ހާމަކުރަންޖެހޭ.” ހިސްޓޯ އަމިއްލަ ގޮތުން ދުވަހު ނޫސް “މިހާރު” އަށް މައުލޫމާތު ދެމުން ވިދާވިވެފައި ވެއެވެ.

މީގެ ކުރިން ވެސް ދައުލަތުގެ ބައެއް އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުން އިންސާނީ ހައްގުތައް ނެތިދިއުމާއި ހީނަރުވެގެންދާ ކަންކަމާއި ގުޅޭ ގޮތުން ފާޑު ވިދާޅުވެފައިވާ ހިސްޓޯ ހާމަކުރެއްވި ގޮތުގައި، އެމައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނެގެން އޭނާއާއި އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ސުވާލުކޮށް ހަދަމުންދާކަށެވެ.

“އެހެންވީމާ އަޅުގަނޑު ޖެހޭ އަމިއްލަ ގޮތުން ނަމަވެސް އެއްޗެއް ބުނަން. މިއީ އަޅުގަނޑުގެ ޒިންމާއެއް،” ހިސްޓޯ ވިދާޅުވި އެވެ.

ހަވީރުނޫހުގެ ކުރީގެ މުވައްޒަފުންގެ މައްސަލާގައި ދައުލަތުގެ އެޓާނީ ޖެނެރަލް އަދި ވަގުތީ ހޯމް މިނިސްޓަރު ވިދާޅުވަފައި ވަނީ ސިވިލް ކޯޓުގެ އެހުކުމަކީ ތަންފީޒު ކުރެވޭނެ ގޮތެއް ނެތް ހުކުމެއް ކަމަށެވެ. މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ އެހުކުމާއި މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައި ވެއެވެ.

ހިސްޓޯ ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ އަސާސީ ހައްގުތައް ނެތިގެންދާ ހިނދު އެންމެ ފުރަތަމަ އެއްޗެއް ބުނަން ޖެހޭ އެއްފަރާތަކީ އެޗްއާރުސީއެމެވެ. އެހެނީ ދައުލަތުގެ އެފަދަ ކަންކަމަށް ފާރަވެރިވުމުގެ ގޮތުން އުފައްދާފައިވާ ކަމިޝަނަކީ އެއީ ކަމުގައި ވާތީއެވެ.

ހިސްޓޯ އޭނޭގެ ބަސް އިއްވައިފިއެވެ. އޭނާ ނިސްބަތްވާ ކަމިޝަނުން ބަޔާން ނުނެރުނަސް ރައްޔިތުން އޭނާގެ އަޑު އަހައިފިއެވެ. މިފަދަ ދުވައްސްވަރެއްގައި ވަރަށް ހިތްވަރުގަދަ މީހަކަށް ނޫނީ އެފަދަ މަގާމެއްގައި ހުރެ އަޑު އިއްވާކަށް ނުކެރޭނެ ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި ކުރިން ހިސްޓޯއަށް ވަރަށް ފާޑުކީ މިހަކު ބުންޏެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !