ތަފާތު އައު ބާވަތްތައް ހެއްދުމަށް މަޝްހޫރު “އޯކިޑް” ގޭ ގޯތި ތެރޭގައި މިފަހަރު ހައްދާފައި މި ވަނީ ފުވައްމުލަކުން އާއްމުކޮށް ނުފެންނަ ބާވަތެއް ކަމަށްވާ ޗެރީއެވެ. ފޮޓޯއިން އެފެންނަ ޗެރީ ގަހުގައި ޗެރީ ދޮންވެ ފައްކާވެފައި އެބަހުއްޓެވެ. ޗެރީއަކީ ކުޑަ ހުތް ފޮނިރަ ހައެއް ދޭ ހުތް ކުންނާރު ސައިޒުގެ މޭވާއެކެވެ.
އޯކިޑުގޭގެ ޗެރީ ގަހުގައި ދޮން ޗެރީއާއި ރޯ ޗެރީވެސް އަޅާފައި އެބަހުއްޓެވެ. ގަސްގަނޑު ބަލި ނޫން އެގަހުގެ ފަތްތައް ވައްތަރީ ކަނަމަދު ފަތުގެ ބައްޓަމާއެވެ.
އެގަހުގައި ރޯ ޗެރީ ފެހި ކުލާގައި ހުންނައިރު ދޮންވާން ކައިރިވުމުން އޮރެންޖު ކުލައަކަށް ބަދަލުވެފައި ދެން އަރަނީ ރަތްކުލަ އެކެވެ. އަދި ރަތްކުލަ ގަދަވަނުން ދެއެވެ.
އޯކިޑުގައި ޏަމްޏަމް ގާހާއި، އަނބިހި ގަހާއި އޮރެންޖު ގަސް ވެސް ހައްދާފައި ވެއެވެ. އަދި އެގަސްތަކުން މޭވާލިބި ބޭނުންކޮށްފައި ވެސް ވެއެވެ.
+1
+1



ޚިޔާލުތައް