A wide advertisement which will be shown on all devices. (700 x 100)

“މާދަޑު ކައުންސިލް އަފުންގެ ބަހަ ބަހުޘް މުބާރާތް 2016” ފަށައިފި..

"މާދަޑު ކައުންސިލް އަފުންގެ ބަހަ ބަހުޘް މުބާރާތް 2016" ފެށުމުގެ ރަސްމިއްޔާތުގައި ޝަރުފުވެރި މެހްމާނު ވާހަކަފުޅު ދައްކަވަނީ ...

ފިސްޑާއިން އިންތިޒާމްކޮށްގެން ބާއްވާ”މާދަޑު ކައުންސިލް އަފުންގެ ބަހަ ބަހުޘް މުބާރާތް 2016″ ރޭ ފަށައިފިއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ކުރުނދުމާ މާލަމުގުގައި ކުރިޔަށްދާ “މާދަޑު ކައުންސިލް އަފުންގެ ބަހަ ބަހުޘް މުބާރާތް 2016” ފެށުމުގެ ރަސްމިއްޔާތު ޝަރުފުވެރި ކޮއްދެވާފައިވަނީ ފުވައްމުލަކު މާދަޑު ކައުންސިލްގެ ރައީސް މުހައްމަދު ޔާމީންއެވެ. 

ކޮންމެ ރެއަކު 3 މެޗް ކުޅުމަށް ހަމަޖެހިފައިވާ މި ބަހުޘް  މުބާރާތުގެ ގެ ފުރަތަމަ  ރޭގެ ނަތީޖާއަށް ބަލާލާއިރު، ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރާންޗާއި ފުވައްމުލަކު މިސްކިތްމަގު ކައުންސިލް ބައްދަލުކުރި މެޗް ކަމިޔާބު ކުރީ ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރާންޗެވެ. ފުވައްމުލަކު ސްކޫލް އާއި ޙާފިޒް އަޙްމަދު ސްކޫލް ބައްދަލުކުރި މެޗުން މޮޅުވީ ޙާފިޒް އަޙްމަދު ސްކޫލް އެވެ . އަދި ފުވައްމުލަކު އަތޮޅު ކައުންސިލް އާއި ދަޑިމަގު ކައުންސިލް ބައްދަލުކުރަން ހަމަޖެހިފައިވާ މެޗަށް އަތޮޅު ކައުންސިލުން ޙާޒިރު ނުވުމުގެ ސަބަބުން ،މި މެޗްވަނީ ދަޑިމަގު ކައުންސިލްއަށް ލިބިފައެވެ .

މި ބަހުޘް މުބާރާތުގެ މިރޭވެސް 3 މެޗް އޮންނާނެ މިރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އަތޮޅު ތައުލީމީ މަރުކަޒާއި އެމްޖޭއެމް އާއި އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ  ފެނަކަ އާއި ދަޑިމަގު ކައުންސިލް އެވެ. އަދި މީރޭގެ އެންމެ ފަހު ބަހުސްގައި ވާދަ ކުރާނީ  މިސްކިތްމަގު ކައުންސިލް އާއި އަތޮޅުކައުންސިލް އެވެ.

ޖުމަލަ 8 ޓީމު ބައިވެރިވެފައިވާ މިމުބާރާތް ކުރިއަށްދަނީ ދެގުރޫޕަކަށް ބަހާލައިގެން  ކޮންމެ ގުރޫޕެއްގައި ގައި 4 ޓީމް ހިމެނޭގޮތަށެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމަކުންވެސް 3 މެޗް ކުޅުމަށްފަހު ކޮންމެ ގުރޫޕަކުން އެންމެގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލްގައި ބައްދަލު ކުރާ އުސޫލުންނެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ކުރުނދުމާ މާލަމުގައި ކުރިޔަށް ދާ މި މުބާރާތުގެ މިރޭގެ ބަހުޘްތައް ވެސް ފެށުމަށް ހަޖަމެހިފައިވާނީ 08:30 ގައިއެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !