A wide advertisement which will be shown on all devices. (700 x 100)

އެތްލެޓިކްސް މީޓްގައި ތިނަދު އާއި ފުވައްމުލަކުގެ ސްކޫލްތައް، ކާމިޔާބު ހޯދައިފި

މިމަހުގެ 21 އިން 24 ގެ ނިޔަލަށް ފުވައްމުލަކުގައި ކުރިޔަށް ދިޔަ އެތްލެޓިކްސް މީޓް

މައިލޯ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް ތިނަދުއާއި، ފުވައްމުލަކުގެ ސްކޫލްތައް ކުރި ހޯދައިފިއެވެ.

މިމަހުގެ 21 އިން 24 ގެ ނިޔަލަށް ފުވައްމުލަކުގައި ކުރިޔަށް ދިޔަ އެތްލެޓިކް މީޓްގައި 5 ކެޓަގަރީއަކުން އެއްވަނަ ހޯދާފައިވަނީ މި ރަށުގެ ސްކޫލްތަކެވެ. 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެވެސް އެއްވަނަ މަދަރުސަޠުލް ޝެއިޚް މުޙައްމަދު ޖަމާލުދީން ވަނީ ހޯދާފައިއެވެ. އަދި 11 އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނަ ޙާފިޒް އަޙްމަދު ސްކޫލް ހޯދި އިރު ޏ.އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 15 އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނައާއި، 17 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ހޯދާފައެވެ.

މީގެ އިތުރުން 17 އަހަރުން ދަށުގެ އަންހެން ބަޔާއި، 15 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒެވެ. 11 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ ތިނަދޫ ސްކޫލެވެ. މި ބައިގެ އެއްވަނަ އެތްލީޓަކަށް ހޮވިފައިވަނީ އެ ސްކޫލްގެ އަހުމަދު އިދާމް އިސްމާއީލް އެވެ

ވަކިވަކި އެތްލީޓުން ހޯދި ކާމިޔާބީތަކަށް ބަލާއިރު، 17 އަހަރުން ދަށުގެ އަންހެން ބައިން ޝިއުމާ މުޙައްމަދު ޝަފީޤް އަދި ފިރިހެން ބައިން ސައިފުﷲ އަހުމަދު އެއްވަނަ ވަނީ ހޯދާފައިއެވެ. މިއީވެސް ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ދެ އެތްލީޓުންނެވެ. 13 އަހަރުން ދަށުގެ ފިރިހެން އެއްވަނަ އެތްލީޓަކީ ތިނަދޫ ސްކޫލްގެ އިބްރާހީމް ރާފިލް ވާފިރުއެވެ. އަންހެން އެންމެ މޮޅު އެތްލީޓަކީ ތާޖުއްދީން ސްކޫލްގެ އައިޝަތު ޝަބާ ސަލީމްއެވެ.

11 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތްލީޓަކީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ އަމްރާ މުޙައްމަދު އާމިރުއެވެ. 15 އަހަރުން ދަށުގެ ފިރިހެން އެއްވަނަ އެތްލީޓަކީ ކަލާފާން ސްކޫލްގެ މުޙައްމަދު މުނާޒު އަލީއެވެ. މިއުމުރުގެ އަންހެން އެއްވަނަ އެތްލީޓަކީ ހިތަދޫ ސްކޫލްގެ އައިޝަތު ހިމްނާ ހަސަންއެވެ.

މިމަހުގެ 21 އިން 24 ގެ ނިޔަލަ ފުވައްމުލަކުގައި ބޭއްވި 20 ވަނަ މައިލޯ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް އަކީ މިހާތަނަށް ފުވައްމުލަކުގައި ބޭއްވި އެންމެ އިންތިޒާމްދަށް މިފަދަ މުބާރަތް ކަމަށް މިކަލް ނޫހަށް ވާހަކަ ދެއްކެވި ބައެއް ސްކޫލްތަކުގެ އޮފިޝަލުން ވަނީ ބުނެފައެވެ. މިގޮތުން އެއްވެސް ވަރަކަށް ސެކިއުރިޓީ ބެލެހެއްޓުމަށް ކެޑޭޓުން ނުވަތަ ފުލުހުން ހަރަކާތްތެރި ނުވުމުގެ ސަބަބުން ޓްރަކްތެރެއަށް ވެސް މީހުންވަދެގެން ދާކަމަށް އެމީހުން ފާހަގަ ކުރެއްވިއެވެ. އަދި އެކަށީގެންވާ ޓެންޓުތަކެއް ނެތުމުގެ ސަބަބުން،ވާރޭ ވެހޭވަގުތު ބޯހިޔާވާނެ ގޮތެއްވެސް ނެތްކަމައްވެސް އޮފިޝަލުން ހާމަކުރެއްވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !