ގެތަކަށް ފެނާއި ނަރުދާމާ ގުޅުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ ބޮޑު ބައެއް ނިމިއްޖެއެވެ.
މުޅި ފުވައްމުލަކު ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ފުވައްމުލަކުގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ ޕްރޮޖެކްޓްގެ،އަމާލީ މަސައްކަތް ފެށުމަށްޓަކައި މިހާރު ފުވައްމުލަކުގައި ކުރިޔަށްދާ، ގެތަކަށް ފެނާއި ނަރުދާމާ ގުޅުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ ބޮޑު ބައެއް ނިމިއްޖެކަމަށް އެންވާރމެންޓް މިނިސްޓްރީއިން ބުނެފިއެވެ. އެ މިނިސްޓރީއިން ބުނި ގޮތުގައި މި ސާރވޭގެ 62 އިންސައްތަށް މިހާރު ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ކުރާ މަސައްކަތްތެރިން ތިބުމަށް ތައްޔާރު ކުރާ ގެތަކުގެ މަސައްކަތްވެސް ފެށިގެން ބާރަށް ކުރިޔަށްދާކަމަށް ވިދާޅުވިއެވެ
ފުވައްމުލަކުގެ ފެނާއި ނަރުދަމާވަނީ 2015 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އިފްތިތާހުކޮއް ޑިޒއިނިންގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުނިއަކާއި ސަރުކާރުން ވަނީހަވާލުކޮއްފައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެންވާރްމެންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ މި މަޝްރޫއުގެ ޑިޒައިނިންގެ މަސައްކަތް ހަތަރު ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށާއި 2016 އަހަރުގެ ފަހުކޮޅު މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އަދި މިމަސައްކަތް ކަނޑައެޅިފައިވާ ދުވަހަށް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށްވސް ތޯރިގު އޭރު ވިދާޅުވިއެވެ.
ރައީސް މައުމޫނުން ފެށިގެން މި ފަހުގެ ތާރީހުގައި ވެރިކަން ކުރި ހުރިހާ ރައީސުން، އެ ބޭފުޅުންގެ ވެރިކަމުގައި، ފުވައްމުލަކުގައި ފެނާއި ނަރުދަމާ ގާއިމްކޮއްދޭނެކަމަށް ވަނީ ވަޢުދު ވެފައެވެ.



ޚިޔާލުތައް